އުުފަންވާއިރު ހުންނަ އައިބުން ރައްކާތެރިވުމަށް ފޯލިކް އެސިޑް މުހިންމު: ޑރ. އަޙްމަދު ފައިޞަލް

އަހުމަދު
ކިޔުމަށް ހޭދަވާނީ 5މ 8ސ
އުުފަންވާއިރު ހުންނަ އައިބުން ރައްކާތެރިވުމަށް ފޯލިކް އެސިޑް މުހިންމު: ޑރ. އަޙްމަދު ފައިޞަލް

ރާއްޖެއަކީ މިގަރުނުގެ ތަރައްގީގެ ލަނޑުދަޑިތަކުގެ ތެރެއިން ގިނަކަންތައްތަކެއް ހާސިލްކޮށްފައިވާ ގައުމެކެވެ. މީގެތެރެއިން ޅަފަތުގައި މަރުވާކުދިން މަދުކުރުން ހިމެނެއެވެ. މިކަމުގައި އިތުރު ކުރިއެރުން ހޯދުމަށްޓަކައި އުފެދުމުގައިހުންނަ އައިބުތަކަށް ސަމާލުކަންދޭން ޖެހެއެވެ.

މާބަނޑުއިރުގެ ފުރަތަމަ 28 ދުވަހު، މައިމީހާގެ ފޯލިކް އެސިޑްމަދުވުމުން ބަނޑުގައި އުފެދެމުންދާ ދަރިފުޅަށް ދިމާވާ ތަފާތު އައިބުތައްހުރެއެވެ. އޭގެތެރޭގައި ފޯލިކުއެސިޑާއި ސީދާގުޅުން ހުންނަ އައިބުތަކުގެތެރެއިން މައިގަނޑު ވައްތަރަކީ ނިއުރަލް ޓިއުބް ޑިފެކްޓްސް (މައިބަދައާއި ސިކުނޑީގެ އައިބުތަކެއް) ތަކެވެ. އެއަެިބުތަކަކީ މާބަދައާއި އޭގެތެރޭގައިއެކުލެވޭ ނާރުތަކުގެ އައިބުތަކާ، ބޮލުގެ ނާށިގަނޑުފރިހަމަނުވެ އެކަމުގެ ސަބަބުން ދިމާވާ ސިކުނޑީގެ އައިބުތަކެވެ. ރާއްޖޭގައި މިއީ ގާތްގަޑަކަށް މުޅި ޖުމްލަ އައިބުތަކުގެ ސަތޭކައިން 8އެވެ). މިފަދަ އައިބުތަކުގެ ސަބަބުން ބައިގެންދިއުމާއި، ބަނޑަށް މަރުވުމާއި، ވިހެއުމަށްފަހު މަރުވުމުގެ އިތުރުން މުޅިޢުމުރުގައި ތަހައްމަލުކުރަންޖެހޭ އުދަނގޫތައް ދިމާވެއެވެ.

ނުސީދާކޮށް ހިތުގެ އައިބުތަކާއި ތައްޔާއި ތުންފަތުގެ އައިބުތައް ހިމެނެއެވެ.

އުފަންވާއިރު ހުންނަ އައިބުތަކުގެތެރެއިން ނިއުރަލް ޓިއުބް ޑިފެކްޓްސް ތަކަކީ ފޯލިކުއެސިޑުން މަދުކުރެވިދާނެ އައިބުތަކެކެވެ. މައިމީހާ ބޭނުންކުރަން ޖެހޭނީ އޭގެ ބޭސް ނުވަތަ ފޯލިކްއެސިޑް ފޯޓިފައިޑް (އަޅާފަ ހުންނަ) ގޮވާމެވެ. އެތަކެތީގެ ބޭނުން މައިމީހާ ކުރަންޖެހޭނީ މާބަނޑުވުމުގެ ދެ މަސް ކުރިންނާއި ބަނޑުބޮޑުއިރު ބަނޑަށް 12 ހަފްތާ ވަނއދެންނެވެ. މިގޮތުން ފޯލިކްއެސިޑްގުޅަ ބޭނުންކުރާނަމަ ދުވާލަކު 400 މައިކުރޯގުރާމް ބޭނުންކުރަން ޖެހެއެވެ. މިކަހަލަ އައިބުހުރި ކުއްޖަކު ކުރިން ލިބިފައިވާނަމަ 5ގުރާމް ފޯލިކް އެސިޑު ބޭޏުންކުރަންޖެހެއެވެ.

ނިއުރަލްޓިއުބްގެ އައިބުތައް ބަހާލެވިފައިވަނީ މައިގަނޑު ދެބައަކަށެވެ. އެއީ ބޮލުގެނާށިގަނޑުނުބެދި ސިކުނޑިއަށް ލިބޭގެއްލުމާއި، މާބަދައިގެކަށިތައް ނުބިދި މައިބަދަ ބޭރަށްއައުމުން ހުންނަ އައިބުތަކެވެ.

ރާއްޖެއަކީ މިގަރުނުގެ ތަރައްގީގެ ލަނޑުދަޑިތަކުގެ ތެރެއިން ގިނަކަންތައްތަކެއް ހާސިލްކޮށްފައިވާ ގައުމެކެވެ. މީގެތެރެއިން ޅަފަތުގައި މަރުވާކުދިން މަދުކުރުން ހިމެނެއެވެ. މިކަމުގައި އިތުރު ކުރިއެރުން ހޯދުމަށްޓަކައި އުފެދުމުގައިހުންނަ އައިބުތަކަށް ސަމާލުކަންދޭން ޖެހެއެވެ.

މާބަނޑުއިރުގެ ފުރަތަމަ 28 ދުވަހު، މައިމީހާގެ ފޯލިކް އެސިޑްމަދުވުމުން ބަނޑުގައި އުފެދެމުންދާ ދަރިފުޅަށް ދިމާވާ ތަފާތު އައިބުތައްހުރެއެވެ. އޭގެތެރޭގައި ފޯލިކުއެސިޑާއި ސީދާގުޅުން ހުންނަ އައިބުތަކުގެތެރެއިން މައިގަނޑު ވައްތަރަކީ ނިއުރަލް ޓިއުބް ޑިފެކްޓްސް (މައިބަދައާއި ސިކުނޑީގެ އައިބުތަކެއް) ތަކެވެ. އެއަެިބުތަކަކީ މާބަދައާއި އޭގެތެރޭގައިއެކުލެވޭ ނާރުތަކުގެ އައިބުތަކާ، ބޮލުގެ ނާށިގަނޑުފރިހަމަނުވެ އެކަމުގެ ސަބަބުން ދިމާވާ ސިކުނޑީގެ އައިބުތަކެވެ. ރާއްޖޭގައި މިއީ ގާތްގަޑަކަށް މުޅި ޖުމްލަ އައިބުތަކުގެ ސަތޭކައިން 8އެވެ). މިފަދަ އައިބުތަކުގެ ސަބަބުން ބައިގެންދިއުމާއި، ބަނޑަށް މަރުވުމާއި، ވިހެއުމަށްފަހު މަރުވުމުގެ އިތުރުން މުޅިޢުމުރުގައި ތަހައްމަލުކުރަންޖެހޭ އުދަނގޫތައް ދިމާވެއެވެ.

ނުސީދާކޮށް ހިތުގެ އައިބުތަކާއި ތައްޔާއި ތުންފަތުގެ އައިބުތައް ހިމެނެއެވެ.

އުފަންވާއިރު ހުންނަ އައިބުތަކުގެތެރެއިން ނިއުރަލް ޓިއުބް ޑިފެކްޓްސް ތަކަކީ ފޯލިކުއެސިޑުން މަދުކުރެވިދާނެ އައިބުތަކެކެވެ. މައިމީހާ ބޭނުންކުރަން ޖެހޭނީ އޭގެ ބޭސް ނުވަތަ ފޯލިކްއެސިޑް ފޯޓިފައިޑް (އަޅާފަ ހުންނަ) ގޮވާމެވެ. އެތަކެތީގެ ބޭނުން މައިމީހާ ކުރަންޖެހޭނީ މާބަނޑުވުމުގެ ދެ މަސް ކުރިންނާއި ބަނޑުބޮޑުއިރު ބަނޑަށް 12 ހަފްތާ ވަނއދެންނެވެ. މިގޮތުން ފޯލިކްއެސިޑްގުޅަ ބޭނުންކުރާނަމަ ދުވާލަކު 400 މައިކުރޯގުރާމް ބޭނުންކުރަން ޖެހެއެވެ. މިކަހަލަ އައިބުހުރި ކުއްޖަކު ކުރިން ލިބިފައިވާނަމަ 5ގުރާމް ފޯލިކް އެސިޑު ބޭޏުންކުރަންޖެހެއެވެ.

ނިއުރަލްޓިއުބްގެ އައިބުތައް ބަހާލެވިފައިވަނީ މައިގަނޑު ދެބައަކަށެވެ. އެއީ ބޮލުގެނާށިގަނޑުނުބެދި ސިކުނޑިއަށް ލިބޭގެއްލުމާއި، މާބަދައިގެކަށިތައް ނުބިދި މައިބަދަ ބޭރަށްއައުމުން ހުންނަ އައިބުތަކެވެ. ފޯލިކްއެސިޑްއެސިޑް ބޭނުންކުރަންޖެހެނީ މާބަނޑުވުމުގެ ކުރިން ކަމުގައިވާތީ، އެކަމަށް ދުރާލާ ތައްޔާރުވާންޖެހެއެވެ. ނަމަވެސް ގިނަފަހަރަށް މާބަނޑުވުމަކީ ތައްޔާރީތަކެއްނުވެ ވާކަމެކެވެ. އަދި ބަނޑުބޮޑުވީތޯބެލެނީވެސް މައްސަރުކަންތައް ނުޖެހި ގިނަދުވަސްތަކެއް ވީމައެމެވެ. އެހެންވީމާ ޑޮކްޓަރަށް ދައްކައިގެން ބޭސްކާންފަށާއިރު އޮންނަނީ ބަނޑުގައިއޮތް ދަރިފުޅުގެ މައިބަދައިގެ އައިބުތައް އުފެދެންފަށައިފައެވެ.

މިކަމަށް ހައްލެއްގެނައުމަށްޓަކާ އެކިގޮތްގޮތަށް މަސައްކަތް ކުރެވި ދިރާސާ ކުރެވިފައިވެއެވެ. ރާއްޖޭގައިވެސް މާބަނޑުމީހުންނަށާއި އެ ޢުމުރުގެ އަންހެނުންނަށް ޑޮކްޓަރު ލިޔެދިނުމުން. ފޯލިކު އެސިޑު ސަރުކާރުން ހިލޭ ފޯރުކޮށްދެއެވެ. ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރަނީ ދަގަނޑާއި ފޯލިކް އެސިޑް އެއްކޮށް ހިމެނޭ ގުޅައެކެވެ. ނިއުރަލް ޓިޔުބް ޑިފެކްޓްހުރި ކުއްޖެއް އެއްފަހަރު ލިބިއްޖެއްޔާ ދެވަނަކުއްޖެއް ލިބުން ދުރުކުރުމަށްޓަކާ ފޯލިކްއެސިޑްގުޅައިން ދޭ ޑޯޒް މަތިކުރަންޖެހެއެވެ.

ފޯލިކްއެސިޑުގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ މައިގަނޑު ދެގޮތަކަށް ހަދާ އުޅެއެވެ. އޭގެތެރޭގައި މިޢުމުރުގެ އަންހެނުން ދަރިއަކު ހޯދަންއުޅޭނަމަ ކުރިޔާލާ ބޭސް ބޭނުންކުރުން، އަބަދުވެސް ފޯލިކްއެސިޑް އަޅާފަހުންނަ ގޮވާން (ފުށް ނުވަތަ ހަނޑޫ) ބޭނުންކުރުން ހިމެނެއެވެ. މި ދެގޮތުން އެންމެ އެދެވޭ ކުރިއެރުން ލިބިފައިވަނީ އެފަދަ ކާނާ ލިބެންހުން ގައުމުތަކުގައެވެ. މައިގަނޑު ސަބަބަކީ ކޮންމެދުވަހަކު، ބޭހެއް ކާންޖެހިއްޖެނަމަ ހަދާންނެތުމެވެ. ނަމަވެސް ކޮންމެ ދުވަހަކު ކާއެއްޗެއްގައި އެބައި އިތުރުކޮށް ލިބެންހުރީމާ އެކަމަށް އިތުރަށް ވިސްނަން ނުޖެހެއެވެ.

ހެނިހެން ސަބަބު ތަކުގެތެރޭގައި، ފޯލިކްއެސިޑް ގުޅަ ބޭނުންކުރުން މިސަރަހައްދުގެ ގައުމުތަކުގައި މަދުވުން ހިމެނެއެވެ. ފޯޓިފައިޑް ގޮވާން ބޭނުންކުރާ ގަޢުމުތަކުގެ ޢަދަދު 84 އަށްވުރެ ގިނައެވެ. މިސަރަހައްދުގައި ނޭޕާލްއާއި އިންޑޮނޭޝީއާ އަދި އިންޑީއާގައި ކޮންމެެވެސް މިންވަރަކަށް ގޮވާން ފޯޓިފައިޑް ކުރެއެވެ. މިފަދަ ގޮވާން ކައިއުޅޭ އާބާދީތަކުގައި ނިއުރަލްޓިއުބް ޑިފެކްޓްސް %46-%30 އާއި ދެމެދުގެ މިންވަރަކަށް ދަށްކުރެވިފައިވެއެވެ. ފޯޓިފައިޑް ގޮވާމުގައި ފޯލިކުއެސިޑު ހުންނަމިންވަރަކީ ހަނޑުލުގައިނަމަ 1-3 މ.ގ ކިލޯއެއްގަ، އަދި ގޮދަންފުށުގައިނަމް 0.5-3.3 މިލިގުރާމް ކިލޯއެއްގައި ހުންނަން ޖެހެއެވެ.

ފޯލިކްއެސިޑް ފޯޓިފައިޑް ގޮވާން ރާއްޖެއިން ލިބުން މުހިއްމެވެ. އަދި އެކަމަށްޓަކާ ސަރުކާރުގެ ޕޮލިސީއެއް އެކުލަވާލާންޖެހެއެވެ. ފޯޓިފައި ކުރަންވާނީ އެބަޔަކު އެންމެ ގިނައިންބޭނުންކުރާ ގޮވާމެވެ. ރާއްޖޭގައިނަމަ ހަނޑުލާއި ފުށެވެ. ނުވަތަ އެތަނުން އެއް ވައްތަރެވެ. ފޯލިކް އެސިޑްއާއި ބެހޭމަޢުލޫމާތު ޢާއްމުންނަށް ދީ ހެދުމަށްޓަކާ ތަފާތު ޕުރޮގްރާމްތައް މިސަރަހައްދުގައި ހިންގެއެވެ. އޭގެތެރޭގައި އިންޑިޔާގައި ޢުމުރުން 10-19 އަހަރުގެ އަންހެން ކުދިންނަށް ފޯލިކްއެސިޑް ދިނުން، މިޢުމުރުގައި އެމް.އެމް.އާރ ވެކްސިން ޖަހާއިރު ފޯލިކް އެސިޑް ދިނުން ހިމެނެއެވެ.

(މިއީ ޑރ. އަޙްމަދު ފައިޞަލް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.)

References;

1.

Birth Defects in South-East Asia A public health challenge, Situation Analysis W.H.O 20131

2

. Godbole and Yajnik, 2009

3.

Birth Defects in government referral Hospital of Maldives; 2016-2018 A.Faisal. N Ibrahim

4.

ffinetwork.org

5.

smarterfutures.net

މިއަދު އޮންލައިން