މިއަދު ފެންނަނީ މި ލޮބުވެތި ފަސްގަނޑަށްޓަކާ ޝަހީދުވި ބަޠޮލުން ޝަހީދުވި ސަބަބާ ދެކޮޅަށް މަސައްކަތްކުރެވޭތަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިއަދު ފެންނަނީ މި ލޮބުވެތި ފަސްގަނޑަށްޓަކާ ޝަހީދުވި ބަޠޮލުން ޝަހީދުވި ސަބަބާ ދެކޮޅަށް މަސައްކަތްކުރެވޭތަން!

"އެބޭކަލުން ޝަހީދުވެ ދިޔައީ އިސްލާމް ދީނާއި މި އިސްލާމީ ފަސްގަނޑުގެ ޙައްޤުގައެވެ. މިޤައުމުގެ އިސްލާމްކަން ޙިމާޔަތް ކުރެއްވުމަށް ޓަކައެވެ.  އެބޭކަލުންގެ ކާފަދަރިންނާއި އެދަރީންގެ ފަރާތުން އަންނާނެ ޖީލުތައް މިނިވަން ކަމާއެކު އިސްލާމް ދީނަށް އުޅުމުގެ ނަޞީބު ހޯދައި ދިނުމަށް ޓަކައެވެ." 

- ޝައިޚް ޒަމްޒަމް ފާރިޝް 

ޝައިޚް މިމޭރުމުން ވިދާޅުވެފައިވާއިރު މިއަދު ފެންނަމުން މިދަނީ މިޖީލަށާއި އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނަކީ ބީރައްޓެހި އެއްޗަކަށް ހަދަން މަސައްކަތްކުރެވޭތަނެވެ! 

"ޝަހީދުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަން. ދީނާއި ދިވެހި ޤައުމަށްޓަކައި ޝަހީދުވެފައިވާ އަބްޠާލުންގެ ޒިކުރާ އާކޮށް އެއަބްޠާލުންގެ ފުރާނަފުޅުތަކަށް މާތް ﷲ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން." 

ޢާއިޝަތު ޢަލީ 

އިސްލާމް ދީނާއި ދިވެހި ޤައުމުގެ ވާހަކަ ދައްވާއިރު ހުރިހާ ދަރިވަރުންގެ ވެރިޔާ، އެންމެ ކުޑަމިނުން ޤުރްއާނުގަ އޮތް މިންވަރަށް ފޭރާން ތުރުކުރައްވައި އައުރަ ނިވާކޮށްލެއްވުން ކީއްތޯއެވެ؟

މިއަދު އޮންލައިން