އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު އާސަންދައަށް ޚަރަދުކުރާއިރު އިންޑިއާއިން ނުދޭ ޚިދުމަތުގެ އަގަށް ކިތައް މިލިއަން ދައްކަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު އާސަންދައަށް ޚަރަދުކުރާއިރު އިންޑިއާއިން ނުދޭ ޚިދުމަތުގެ އަގަށް ކިތައް މިލިއަން ދައްކަމުތަ؟

"އަޅުގަނޑުގެ ބައްޕަގެ ބަނޑުގައި އެއްޗެއް އިނދެގެން އެ ބޮޑުވެ ކެނަސަރަށް ބަދަލުވާތީ އަމްރިތާ އިން އޮޕަރޭޝަންކުރި. އޮޕަރޭޝަނަށްފަހު ޙާލު ސީރިއަސްކަން ބޮޑުކަމުން 4 ދުވަހު އައިސީޔޫގަ ވެސް ބޭއްވި!  

އެބޮޑު އޮޕަރޭޝަނަކުން ވީކަމެއް ނެތް. ބަލީވަނީ ހަމަ ބޮޑު. ހަމަ އާސަންދަ ލިބިގެން ބެންގަލޫރަށް ދިއައިމަ އެތާ ޑޮކްޓަރުން ބުނަނީ ކުރިން އޮޕަރޭޝަން ކޮށްފައެއް ނެތޭ. ހަމައެކަނި ކޮށްލާފައި އިންކަމަކީ ޓެސްޓް ހަދަން އެތަނުން ސާމްޕަލަށް އެތިކޮޅެއް ނެގުމޭ.  

އެވަރުގެ ކުޑަކުޑަކުޑަ ކަމެއް ކޮށްލާފައި ބޮޑު އޮޕަރޭޝަނެއް ކުރިކަމަށް ހަދައި އައިސީޔޫގައި ބާއްވާ ކަންކަންކަން އެކުރީ. ބޮޑު ޑްރާމާއެއް ކުޅެ އާސަންދައިން ނެގިވަރެއް ނޭގެ. ޤަބޫލުކުރެވޭ ގޮތުގަ ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް މިލިއަން މިލިއަނުން ހުންނާނީ ނަގައިފަ." 

ޢާސަންދަ އަށް ދައުލަތުން ކުރާ ބޮޑު ހޭދަ ހުސްވާގޮތް މިހިރަ ފެންނަނީއެވެ. މިއިން މައްސަލައެއް ބަލަން އުޅެފިނަމަ އޭސީސީ އެބަ ބަދަލުކޮށްލައެވެ. ބިގްބެންގެ އެނބުރި ދަގަނޑުތަކާއިއެކު އޭސީސީ ފުށުންޖަހައިލެވުނު ފަހުން އޭސީސީގެ ވެސް އެވަނީ ވެންޓިލޭޓަރުގައެވެ.

މިއަދު އޮންލައިން