ރަމަޟާންމަހަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރަމަޟާންމަހަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މި ހިންގާ މާޗުމަހުގެ ފުރަތަމަ ހަފްތާގައެވެ. އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފު ކުރުމާއި، އެތެރެ ފޮޅާސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުމާއި ،އަންހެނުން ނަމާދުކުރާބައިގައި އިތުރު ފަންކާ ހަރުކުރުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތަށް ނަގާ އާ މާބުލްޖެހުން ހިމެނެއެވެ.

ފާއިތުވެ ތިން އަހަރު ރަމަޟާންމަހުވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ. ކެލިގްރަފީ ބޯޑުތަށް މަރާމާތުކޮށް ރީތި ކުރުމާއި،ލަކުޑި ޖާލިތައް ބަދަލު ކުރުމާއި، ކުލަ އާކުރުމާއި، ބޮކިތަކާއި ފަންކާ ބަދަލު ކުރުމާއި، އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމާއި، ބޮޑު އިތުރު ދެފަންކާ ހަރުކުރުމާއި، ޗާންދަލިޔާ އާކުރުމާއި، އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައި ވެއެވެ.

އިސާމީ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ. އެހެންކަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްލާމީ މަރުކަޒު ކޮންމެ އަހަރަކު ރަމަޟާންމަހަށް ޚާއްސަކޮށްގެން އާބާތުރަފިލުވާއި ޒީނަތްތެރި ކުރެއެވެ.

މިއަދު އޮންލައިން