ފަސޭހައިން ސަރުބީ ވިރުވާލަދޭ މީރު ލެމަން ޖޫސް-

އަހުމަދު
ކިޔުމަށް ހޭދަވާނީ 48ސ
ފަސޭހައިން ސަރުބީ ވިރުވާލަދޭ މީރު ލެމަން ޖޫސް-

ބޭނުންވާ ތަކެތި:

2 ލެމަން

ކޮރިއެންޑަރ ފަތްކޮޅެއް

ކުޑަ ފޮނިތޮށިކޮޅެއް 

ތައްޔާުކުރާނެ ގޮތް:

ފުރަތަމަ 2 ލެމަން ފަޅާލައި ޖޯޑަކަށް ހުތްފެލާށެވެ. ދެން ލެމަންގެ ތޮށި ކޮށާލައި އެއިގެ ތެރެއަށް ދއ ޖޯޑު ފެނާއި ކުޑަ ކޮތަނބިރި ފަތްކޮޅަކާއި 4 އިންޗި ހުންނަވަރުގެ ފޮނިތޮށިކޮޅަކާއެކު ރަނގަޅަށް ކައްކައިލާށެވެ. ކެކުމުން 30 މިނިޓްވަންދެން ބަހައްޓާފައި ފުރާނާލާށެވެ. ލިބުނު ދިޔަފޮދުގެ ތެރެއަށް ކުރިން ފެލި ހުތްފޮދު އެއްކޮށްލާފައި ބިއްލޫރި ފުޅިއަކަށްއަޅާފައި ފްރިޖްގައި  ބަހައްޓާށެވެ. 

ތައްޔާރުކުރެވުނު ވަރުން 3 ދުވަހަށް ފުދޭނެއެވެ. ހެނދުނު ހުސްބަޑާހުރެ ބޭނުންކުރާށެވެ 

މިބާވަތުގެ ބުއިންތަކުގެ އަސަރު އެކިމީހުންނަށް ކުރަންފަށާނީ އެކި މުއްދަތުގައެވެ. އެއީ އެކި މީހުންގެ ބަނޑުގައި އެކިވަރަށް ސަރުބީ ޖަހާފައި ހުންނާތީއެވެ. އަދި ޖަހާ ސަރުބީވެސް ތަފާތުވާތީއެވެ. ޢާންމުގޮތެއްގައި 7 ދުވަހުން އެނގުންވާން ފަށާނެއެވެ. 

ބޯއިރު އިތުރަށް މީރުކޮށްލަން ބޭނުންނަމަ ކުޑަ މާމަފޮދެއް އަޅައިލާށެވެ!

މިއަދު އޮންލައިން