ބަށިބޭނުންކޮށްގެން ފަސޭހައިން ސަރުބީ ވިރުވައިދޭ 2 ރިސިޕީ- ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހަ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ބަށިބޭނުންކޮށްގެން ފަސޭހައިން ސަރުބީ ވިރުވައިދޭ 2 ރިސިޕީ- ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހަ!

ބޭނުންވާ ތަކެތި:

ހެޔޮވަރުގެ ބައްޓެއް

ރަތް އާފަލެއް

1 ލެމަން  

ތައްޔާރުކުރާނެ ގޮތް:  

ބައްޓާއި އާފަލު މަށާލުމަށްފަހު ގާނައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތް ފެލައިލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ!  

ބޭނުންކުރާނެ ގޮތް:  

އެތިކޮޅު 3 ބައަށް ބަހައިލާށެވެ! ހެނދުނުގެ ނާސާތާ ޢާއި މެންދުރު ކެއުމުގެ އަދި ރޭގަނޑު ކެއުމުގެ ކުރިން ބައެއް ކައިލާށެވެ!  

ބަށި ބޭނުންކޮށްގެން ބުއިމެއްވެސް ތައްޔާރުކުރެވިދާނެއެވެ.  

ބޭނުންވާތަކެތި:

1 ބަށި

1 ލެމަން  

ތައްޔާރުކުރާނެ ގޮތް:  

ބަށިކޮށައިލާފައި ޖަގަކަށް އަޅައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތްވެސް އަޅައިލާށެވެ. ދެން ބައިލިޓަރު ހޫނުފެން އަޅައި މަތިޖަހައި ބަންދުކުރާށެވެ.  

ރަނގަޅަށް ހިހޫވަންދެން ބަހައްޓާފައި ފެންފޮދު ފުރާނައިލާށެވެ!  

ބޭނުންކުރާނެ ގޮތް:  

ފެންފޮދު ދެބައަށް ބަހާލައި ހެނދުނުގެ ނާސްތާ ކެއުމުގެ ކުރިންނާއި ރޭގަނޑު ކެއުމުން އިރުކޮށްކުރިން ބޮއިލާށެވެ!  

ވަރަށްއަވަހަށް ސަރުބީތައް ވިރެންފަށައި ހަށިގަނޑު ލުއިވާން ފަށާނެއެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މަޤްޞަދު ޙާޞިލުކުރެވޭކަން ވަނީ ތަޖުރިބާއިން އެނގިފައެވެ. އިން ޝާ ﷲ  

މިއަދު އޮންލައިން