ދެން ވިދާޅުވާނީ ކީކޭބާ؟ މާފަސޭހައިން ފެތުރޭކަމަށްބުނި ކޮވިޑުގެ މާބިޔަރާޅު ނިމިގެން މިދިއައީ މާސްކް ނާޅައި ގައިކައިރިކޮށް ނަމާދުކުރަނިކޮށް ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދެން ވިދާޅުވާނީ ކީކޭބާ؟ މާފަސޭހައިން ފެތުރޭކަމަށްބުނި ކޮވިޑުގެ މާބިޔަރާޅު ނިމިގެން މިދިއައީ މާސްކް ނާޅައި ގައިކައިރިކޮށް ނަމާދުކުރަނިކޮށް ނޫންތޯ؟

ކޮވިޑުގެ ނިމިގެން މިދިއަ މާފަސޭހައިން ފެތުރޭކަމަށް ބުނި ބިޔަ ރާޅުގައި ދުވާލަކު ކޮވިޑް ޖެހުނުކަމަށް އެޗްޕީއޭއިން ބުނި މީހުންގެ ނިޞްބަތަށް ބަލައިފިނަމަ ކުރީފަހަރަށްވުރެ 40 އިންސައްތަ އިތުރު ވެގެންދިއައެވެ. ފަރުވާދޭންޖެހުނު މީހުންގެ ޢަދަދުވެސް އިންތިހާއަށް އިތުރުވެގެންދިއައެވެ. 

އެމާބިޔަ ރާޅު ނިމިގެންދިއައިރު ކޮވިޑުދެކެ މާބޮޑަށް ބިރުގަތް ވަރަށް މަދު އިމާމަކު ފިޔަވައި މުސައްލައާއި މާސްކުގެ ވާހަކައެއް ނުދައްކައެވެ. ގައިދުރުކުރާކަށް ނުބުނެއެވެ. ކުރީ ފަހަރު ޖެހި އިބިލީހުގެ ފާހަގަތަކެއްވެސް މިސްކިތްތަކަކު ނުޖަހައެވެ. ގިނަ އިމާމުން ނަމާދު ފަށަމުން ބުނަމުން ގެންދިއައީ ސުންނަތާއި އެއްގޮތަށް ގާތްގާތުގައި ތިބެ، ދެމީހުންގެދޭތެރޭގައި ހުސްތަން ނުބާއްވައި ސުންނަތާއި އެއްގޮތަށް ސަފުތައް ހެދުމަށެވެ.  

މިސްކިތްތައް ބަންދެއް ނުކުރެއެވެ. ޢާންމު ދިރިއުޅުމަށް ހުރަސްތަކެއް ނާޅައެވެ. ރާޅު އަރައި ފައިބައިގެން އެދިއައީއެވެ. އެޅިބައަކު އެޅިއެވެ. އަޅާހިތްވާބައަކު އަދިވެސް އަޅަންވީއެވެ. މުޅި އުމުރަށްވެސް އަޅަންވީއެވެ. ތިމާއަށް އެކަމުން ރައްކައުތެރިކަން ލިބޭނެކަމަށް ޤަބޫލުކުރާ ކޮންމެ މީހަކު އަޅަންވީއެވެ. ނަމަވެސް ކަން އޮތްގޮތް މިވަނީ އެންމެންގެ ލޯތަކަށް ފެނިފައެވެ.

މިއަދު އޮންލައިން