ދިޔަމިގިލީގަ ޙަމަލާދެވުނު އަހްމަދު ރަޝީދަކީ ޤުރްއާނަށް ޚިދުމަތްކުރައްވާ، ގިނަ ބައަކު ތާއީދުކުރާ އިމާމެއް! ޙަމަލާދިނުމުން ރަށުގެ ގިނަބައަކު ކަރުނައެޅި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިޔަމިގިލީގަ ޙަމަލާދެވުނު އަހްމަދު ރަޝީދަކީ ޤުރްއާނަށް ޚިދުމަތްކުރައްވާ، ގިނަ ބައަކު ތާއީދުކުރާ އިމާމެއް! ޙަމަލާދިނުމުން ރަށުގެ ގިނަބައަކު ކަރުނައެޅި!

"އަހްމަދު ރަޝީދު މުޙައްމަދަކީ ރަށުގައި ޖަމިއްޔާއަކުން ހިންގި ޤުރްއާން ކްލާހެއްގައި ކިޔަވައިދެއްވި މުދައްރިސެކެވެ. އަދި އަމިއްލަގޮތުންވެސް ކުދިންނަށް ޤުރްއާން ކިޔަވައިދެއްވިއެވެ. އޭނާގެ ކިބައިން ރީތިކޮށް ތަޖުވީދުމަގުން ކިޔަވަން ދަސްކޮށްގެން ތިބި އެތައް ދަރިވަރުން ރަށުގައި އެބަތިއްބެވެ. 

އޭނާ އާއި މިސްކިތުގެ އިމާމުކަން ޙަވާލުކުރެވުނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އިމާމްކަން ޙަވާލުކުރީ އޭނާއަކީ އެފަދަ މަޤާމަކަށް އެންމެ ރަނގަޅު މީހަކުކަން ކައުންސިލުން ބެލުމަށްފަހުގައެވެ. އޭނާގެ ކިޔެވުން ރީތިވެފައި ކަމަށް ފަރުވާ ބަހައްޓާތީ ރަށުގެ ގިނަ ބައަކު އޭނާއަށް ތަޢްރީފްކުރެއެވެ. 

- އަހްމަދު މޫސާ ދިޔަމިގިލި ކައުންސިލް މެންބަރު (މިއަދުނޫހަށް) 

ދިޔަމިގިލިން މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް ބޭފުޅުން ވިދާޅުވީ އިމާމަކީ ވަރަށް އަޚްލާޤް ރަނގަޅު ބޭކަލެއް ކަމަށާއި ގިނަ ބައަކާއި ވަރަށް ބޮޑަށް ގުޅި އެކުވެރިކަން ބާއްވާ ބޭކަލެއް ކަމަށެވެ. "ގޭގެއަށް ގޮހެއްވެސް ނޫޅޭނެ. އެހެންވީމާ އިމާމަށް ހަމަލާދިންކަން އެނގުނީމާ ގިނަބައަކު ހިތާމަކޮށް ކަރުނައެޅި." 

"އަހްމަދު ރަޝީދަކީ ރަށަށް ޚިދުމަތްކުރުމުގެ ބޭނުމުގައި ރަށަށް އައިސްހުރި ރަށްދެކެ ވަރަށް ލޯބިވާ ދަރިއެއް. އެފަދަ ދަރިއަކަށް އެހާބޮޑު އަނިޔާއެއް ދިނީތީ އަހަރެމެން މިތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފަ. ވަރަށް ދެރަވެފަ މިތިބީ." 

ރަށުން މައުލުމާތުދިން ބައެއް މީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން