ދާދިފަހުން ސަޢުދިޢަރަބިޔާގައި މަރުގެ އަދަބުދިން މީހުންގެ ޙަޤީޤަތް އޮޅުވައިލާކަމަށްބުނެ ދީނީ ބައެއް ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައވަމުން އެބަގެންދަވައެވެ.
އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ސަޢޫދީގައި ޤިޞާޞްހިފުމާއި ކަންކަމުގައި ޙުކުމްކުރަނީ ޝަރްޢީ ކޯޓުތަކުން ޝަރްޢީ ޢިލްމުވެރިންގެ ބެލުމުގެ ދަށުންކަމަށެވެ. ދާދިފަހުން ޤިޞާޞްހިފީ ތަންތަން ގޮއްވައި މީހުންމަރައި އެފަދަ ޖަރީމާތައް ހިންގި ނުބައި ފިކުރުގެ މީހުންގެ ކިބައިން ކަމަށާއި ޖިހާދުގެ މާތްކަމުގެ ވާހަކަ ދެއްކި މީހުންގެ ކިބައަކުން ނޫންކަމަށެވެ.
ޝައިޚް ލަޠީފްގެ މިވާހަކަފުޅާއި ގުޅިގެން ސަލަފްގެ ރައީސް ޢަބްދުﷲ ބިން ޖަނާބް ވިދާޅުވީ ޖިހާދުގެ މާތްކަމުގެ ވާހަކަދައްކައިގެން އެއްވެސް މީހަކު މެރިކަމުގެ ޙާދިސާއެއް ސައުދީގައި ރެކޯޑްކުރެވިފައި ނެތީސް، ބައެއް ފަރާތްތަކުން އެފަދަ ވާހަކަތައް ފަތުރާތީ ދީނަށް ލޯބިކުރާ ބައެއް ކުދިންގެ ހިތުގައި ގޯސް މައުލޫމާތު އެބަ ފެތުރޭ ކަމަށެވެ.
އެމީހުންނަށް މަރުގެ އަދަބުދިނުމާއި ގުޅިގެން ދެކޮޅުވެރި ޚަބަރުތައް އެންމެ ގިނައިން ފަތުރަމުނަ ގެންދަނީ އީރާނުގެ ޥިޢީންކަން ފާހަގަކުރެވެއެވެ.
ސަޢޫދީގައި ޤިޞާޞްހިފުމާއި ކަންކަމުގައި ޙުކުމްކުރަނީ ޝަރްޢީ ކޯޓުތަކުން ޝަރްޢީ ޢިލްމުވެރިންގެ ބެލުމުގެ ދަށުން. ދާދިފަހުން ޤިޞާޞްހިފީ ތަންތަން ގޮއްވައި މީހުންމަރައި އެފަދަ ޖަރީމާތައް ހިންގި ނުބައި ފިކުރުގެ މީހުންގެ ކިބައިން. ޖިހާދުގެ މާތްކަމުގެ ވާހަކަ ދެއްކި މީހުންގެ ކިބައަކުން ނޫން
— Muhammad Latheef (@Muhammad_lathyf) March 15, 2022
JIHÃD ge maai kamuge wãhaka dhakkaigen mihaathanah ewwwes meehaku merikamuge haadhisa eh SAUDI aku record kurewifai nethees, baehkudhin efadha waahaka fathuramundhãthee dheenahloabi kuraaakudhinge medhugai goas mauloomaath eba fethurey!
— Abdullah bin janaab (@binjanaab) March 16, 2022
(هاتوا برهانكم إن كنتم صادقين )