ޖަޕާނު އަނހެންކުދިންގެ މޫނު އޮމާންކުރާ ކްރީމް! ޒުވާން ޢުމުރުގަ ހަމުގަ ރޫޖެހޭނަމަ ފިލުވާލައި ޒުވާންކަން އިތުރުކުރަން ބޭނުންކުރެވިދާނެ ކްރީމެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ޖަޕާނު އަނހެންކުދިންގެ މޫނު އޮމާންކުރާ ކްރީމް! ޒުވާން ޢުމުރުގަ ހަމުގަ ރޫޖެހޭނަމަ ފިލުވާލައި ޒުވާންކަން އިތުރުކުރަން ބޭނުންކުރެވިދާނެ ކްރީމެއް!

ބޭނުންވާ ތަކެއްޗާއި ތައްޔާރުކުރާނެ ގޮތް:

ހެޔޮވަރުގެ ރަތް ފިޔައެއް ތޮށި ނޮޅައި ތުނިކޮށް ގާނާލައި އެއިގެ ދިޔަ

1- ސަމުސާ މުގުރި ފްލެކްސް ސީޑް، 

1- ސަމުސާ މުގުރި ހަނޑޫ، 

ލެމަން އެއްގެ ކިބައެއްގެ ހުތް ، 

1- ސަމުސާ ސާފުކާށިތެޔޮ  

ފިޔާ ދިޔައިގެ ތެރެއަށް ކޮންމެ ބާވަތެއްވެސް މިތަރުބީން އަޅައި ކޮންމެ ބާވަތެއްވެސް ރަނގަޅަށް އެއްކޮށްލާށެވެ. އެހުރީ ކްރީމް ތައްޔާރުކުރެވިފައެވެ. 

ބޭނުންކުރާނެ ގޮތް: 

އުނގުޅަން ބޭނުންވާ ތަން ސާފުކޮށްދޮވެލާށެވެ. ފެންހިކުމުން އެތަނެއްގައި އުނގުޅާފައި 15 މިނިޓްވަންދެން ބަހައްޓާފައި ދޮވެލާށެވެ. ހަފްތާއަކު 2 ދުވަހު ތަކުރާރުކުރާށެވެ. 

އިތުރަށް ހުންނަބައި ވައި ނުވަންނާނެ ގޮތަށް ކޮންޓޭނަރަކަށް އަޅައި ފްރިޖުގައި ބަހައްޓާށެވެ. 7 ދުވަސް ވަންދެން ބެހެއްޓޭނެއެވެ.  

މިކްރީމަކީ ޖަޕާނުގެ ވަރަށް ގިނަ އަނހެންކުދިން ބޭނުންކުރާ ކްރީމެކެވެ. އަދި އެކުދިންގެ މޫނުގެ ޒުވާންކަން ދަމަހައްޓައިދޭ ކްރީމްވެސްމެއެވެ.

މިއަދު އޮންލައިން