ރޯދަމަހު އުމްރާއަށްދާ މީހުންނަށް ޕާސްޕޯޓުހެއްދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ރޯދަމަހު އުމްރާއަށްދާ މީހުންނަށް ޕާސްޕޯޓުހެއްދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިފި

ރޯދަމަހު އުމްރާއަށްދާ މީހުންނަށް ޕާސްޕޯޓުހެއްދުމުގައި ލުއި ގޮތްތަކެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ. 

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ރޯދަ މަހު އުމްރާއަށް ދިއުމަށް މިދުވަސްކޮޅު ގިނަ ބަޔަކު ޕާސްޕޯޓް ހެދުމަށްއެދި ހުށަހަޅަމުން އަންނަކަމަށާއި އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާޗް 17 އިން ފެށިގެން މިއަހަރުގެ ރޯދަ މަސް ނިމެންދެން ޕާސްޕޯޓް ސެކްޝަންގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ.

އިމިގްރޭޝަނުން އެދިފައިވަނީ އުމުރާއަށް ދަތުރުކުރައްވާ ބޭފުޅުން، އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރަސްމީގަނޑީގައި މިކަމަށް ހާއްސަ ކުރެވިފައިވާ ނަމްބަރު (9199165) އަށް ގުޅުއްވުމަށެވެ.

މިއަދު އޮންލައިން