ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ހަތަރު ފަރާތަކަށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ހަތަރު ފަރާތަކަށްދީފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ހަތަރު ފަރާތަކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް، 17 މާރިޗު 2022 ގައި މަނިޓަރީ އޮތޯރިޓީ އިން ދޫކޮށްފިއެވެ. މިގޮތުން އެ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވަނީ އަންނަނިވި ޕޭމަންޓް ޚިދުމަތްތައް ދިނުމަށެވެ.

  1. ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
  2. ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
  3. ޕޭޔަރ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
  4. ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް

މި ލައިސަންސްގެ ދަށުން ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއިން އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދިނުމަށް ނިންމާފައިވާ ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތަކީ މީގެ ކުރިން މި އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ދެމުން އަންނަ ޚިދުމަތެކެވެ.

އަލަށް ދޫކުރެވިގެން ދިޔަ މި ލައިސަންސްތަކުގެ ސަބަބުން ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ މަގުފަހިވެގެން ދާނެކަމަށް ޤަބޫލުކުރެވޭކަމަށް މަނިޓަރީ އޮތޯރިޓީއަށް އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން