އައިޖީއެމްއެޗް އާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލްސް ގުޅިގެން ކާޑިއޮލޮޖީގެ މަސައްކަތުބައްދަލުވުމެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އައިޖީއެމްއެޗް އާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލްސް ގުޅިގެން ކާޑިއޮލޮޖީގެ މަސައްކަތުބައްދަލުވުމެއް ބާއްވަނީ

ކޮންޕްލެކްސް ޕީސީއައި ވިތް އިމޭޖިންގ ވޯކްޝޮޕްގެ ނަމުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލްސް ގުޅިގެން އިންޑިއާ، ނޭޕާލް އަދި ދިވެހިރާއްޖޭގެ ހިތުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވާ އިންޓަރވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތުބައްދަލުވުމެށް ހިންގުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ މި މަސައްކަތުބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ މާރޗް މަހުގެ 25 ން 27 ގެ ނިޔަލަށް ލައިވް ޓެލެކާސްޓް މެދުވެރިކޮށް ކަމަށެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަަދަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކެލްސިއަމްޖަހާ ހަރުވެފައިހުރި ހިތުގެ ހޮޅިތަށް ހުޅުވުމުގައި ބޭނުންކުރާ އުކުޅުތަކާއި މިހޮޅިތަކުގެ އެތެރެ ސްކޭން ކުރުމަށް ގެންގުޅޭ ފަހުގެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ބަލިމީހުންނަށް ދިގުމުއްދަތަކަށް ފައިދާ ކުރާލެއް ބޮޑުވެގެންދާނެކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. 

މިމަސައްކަތު ބައްދަލުވުން ކުރިއަށްދާނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

 

 

މިއަދު އޮންލައިން