ރާއްޖެއަކީ މިސަރަހައްދުގަ އިސްލާމީ ޔުނިވަރސިޓީ ތައުލީމުގެ މައިހަބަކަށް ހަދާލުމުގެ ފުރުޞަތު އެބައޮތްކަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ޑރ. ޝަހީމް ހާމަކުރައްވާފައިވަނީ ސަތޭކައިން ސަތޭކައިގެ ވިސްނުންފުޅެކެވެ. ރާއްޖޭގައި ކަންކަން ރަނގަޅަށް އިންތިޒާމުކުރެވިއްޖެނަމަ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް ރާއްޖެއަށް ދަރިވަރުން އަންނާނެއެވެ. އިން ޝާ ﷲ
މިވިސްނުންފުޅަކީ ޑރ. ޝަހީމް އަބަދުވެސް ގެންގުޅުއްވާ ވިސްނުންފުޅެކެވެ. އެކަމަށްޓަކާ އެމަނިކުފާނު މިހާރުވެސް ވަނީ ބައެއް ދިރާސާތައްވެސް ކުރައްވައިފައެވެ. އަދި ބޭރުގެ ބައެއް ފަރާތްތަކުގެ ޚިޔާލުވެސް ހޯއްދަވައިފައެވެ.
ޤަބޫލުކުރަން ބައަކު ލަދުގަތް ނަމަވެސް ރާއްޖޭގައި ހިންގާތާ އެތައް އަހަރެއްވީ ޤައުމީ ޔުނިވަރސިޓީ ފިނިހަކު ސްޕީޑުގައި ފިރުކެމުން ދަނިކޮށް އެޔުނިވަރސިޓީއަށްވުރެ އެތައް ގޮތަކުން އެންމެ 3 އަހަރު ތެރޭގައި ޑރ. ޝަހީމްގެ މަސައްކަތްޕުޅުން އިސްލާމީ ޔުނިވަރސިޓީ ވަނީ ކުރިއަށް ޖެހިފައެވެ.
ޑރ. ޝަހީމްގެ ވިސްނުންފުޅު: