ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވާކަމަށް އެ ހޮސްޕިތަލުން ބުނެފިއެވެ.
މެއި 2022 އިން އޭޕްރިލް 2023 ގެ ނިޔަލަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި އައި.ޖީ.އެމް.އެޗްގެ 6 ޑިޕާޓްމަންޓު ހިމެނޭހެން ހިތުގެ ބަލިތަކަށް ޚާއްސަ، ކެންސަރު ބައްޔަށް ޚާއްސަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ޚާއްސަ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ފޮނުވުމަށް ރޭވިފައިވެއެވެ.
އަދި ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ގަން ރީޖަނަލް ހޮސްޕިޓަލް ހިމެނޭހެން ޖުމްލަ 6 ރީޖަނަލް ހޮސްޕިޓަލަށެވެ. މިގޮތުން މެއި 2022 ގައި އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ޒިޔާރަތްކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި މިމުވައްޒަފުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާނެ ދުވަސްތައް ތިރީގައިވާ ތާވަލާއި އެއްގޮތަށް ހަމަޖެހިގެންދާނެއެވެ.