ޑރ، ޝަހީމަށް ކާފަދަރިކަލަކު ލިބިލައްވައިފި! މާޝާﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޑރ، ޝަހީމަށް ކާފަދަރިކަލަކު ލިބިލައްވައިފި! މާޝާﷲ

ރާއްޖޭގެ އިސްލާމީ މިނިސްޓަރުކަމާއި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރައްވައި އަދި މިހާރުވެސް ވަރަށް ފުޅައު ދާއިރާއެއްގައި އިސްލާމް ދީނުގެ ކަންކަމަށް ތަފާތު ޚިދުމްތަތަކެއް ކުރައްވަމުން ގެންދަވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރަތަމަ ކާފަދަރިކަލުން ލިބިލައްވައިފިއެވެ. 

މިއަދުނޫހާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބަހައްޓަވަމުން ގެންދަވާ ޑރ. ޝަހީމް އަށާއި ޢާއިލާއަށް ލިބިވަޑައިގެންނެވި އުފަލުގައި މިއަދުނޫސް ޓީމުން ބައިވެރިވެ ހެޔޮ ދުޢާ އަރިސްކުރަމުއެވެ. 

ޑރ. ޝަހީމްގެ ބަސްފުޅު: 

"މާތް ﷲ ގެ ޙަޟްރަތަށް މަތިވެރި ޙަމްދު ތަޢުރީފާއި ޘަނާ ދަންނަވަން. މިއަދު އަޅުގަނޑަށް ކާފަ ދަރިއެއް ލިބިއްޖެ. އެއީ އަޅުގަނޑުގެ ފުރަތަމަ ކާފަ ދަރި. އަޅުގަނޑުގެ މި އުފަލުގައި ޢާއިލާއާ އެންމެހާ އެކުވެރިން ބައިވެރިކުރަން." 

اللهم ذرية طيبة إنك سميع الدعاء. آمين

މިއަދު އޮންލައިން