ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވާލައިފި

ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޚިތާނުކުރުމުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކާ 15 ޖޫން 2022 ވާ ބުދަދުވަހުން ފެށިގެން 62 ޖޫން 2202 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

ނަންނޯޓު ކުރުން ކުރިޔަށް ދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރުންނެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އެ ހޮސްޕިޓަލުން ޚިތާނުކުރުމަށް ހަމަޖެހިފައިވާާ ކުދިންގެ އަދަދަކީ 300 ކަމަށްވާތީ މި އަދަދު ހަމަވުމުން ނަން ނޯޓް ކުރުން ހުއްޓާލެވޭނެ ކަމަށެވެ.

ހިތާނުކުރުން ކުރިޔަށް ދާނީ 02 ޖުލައި 2022 އިން ފެށިގެން 31 ޖުލައި 2022 ގެ ނިޔަލަށެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓު ކުރާ ތަރުތީބުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހެނދުނު 08:00 އިން ހަވީރު 16:00 އާއި ދެމެދު އެ ހޮސްޕިޓަލުގެ ސަރޖަރީ ކައުންޓަރ ނަންބަރު 3335300 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

މިއަދު އޮންލައިން