މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް އައިއޯސީސީގެ ރައީސް ޑރ ޝަހީމް މިރޭ ފުރާވަޑައިގަންނަވަނީ-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް އައިއޯސީސީގެ ރައީސް ޑރ ޝަހީމް މިރޭ ފުރާވަޑައިގަންނަވަނީ-

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން ( އައިއޯސީސީ) ގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ސަޢޫދީ ޢަރަބިއްޔާ އަށް ފުރާ ވަޑައިގަންނަވާނެއެވެ. 

މިދަތުރުގައި އެ ޔުނިވަރސިޓީގައި ދިވެހި ދަރިވަރުންގެ ޢަދަދު އިތުރުކުރުމާއި ޔުނިވަރސިޓީގެ ދީނީ ކުއްލިއްޔާތަކުގެ އިތުރުން، މިހާރު އުފައްދާފައިވާ ޢިލްމީ  އެހެނިހެން ކުއްލިއްޔާތަކުން ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދުމާމެދު ޔުނިވަރސިޓީގެ ވެރިންނާ ޑޜ. ޝަހީމް މަޝްވަރާކުރައްވާނެއެވެ. އަދި ޔުނިވަރސިޓީގެ 58 ވަނަ ދަސްވެނިވުމުގެ ޙަފްލާގައި ޚާއްޞަ މެހުމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

ޑރ. ޝަހީމަކީ އިސްލާމީ ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގެންފައިވާ، އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްލާމީ 500 ޝަޚްޞިއްޔަތުންގެ ލިސްޓުން ޖާގަ ހޯދައްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން