އައިޖީއެމްއެޗް ގައި މާސްކު އަޅައިގެން އުޅުއްވުމަށް އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
އައިޖީއެމްއެޗް ގައި މާސްކު އަޅައިގެން އުޅުއްވުމަށް އިލްތިމާސްކޮށްފި

އައިޖީއެމްއެޗް ގައި މާސްކު އަޅައިގެން އުޅުއްވުމަށް އެހޮސްޕިތަލުން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން އައިޖީއެމްއެޗް އިން ބުނެފައިވަނީ ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސް ކުރައްވާފައިވާތީ މިހާލަތަށް ރިޢާޔަތްކޮށް އަމަލުކުރެވެމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

މިގޮތުން އައިޖީއެމްއެޗް އަށް ވަޑައިގަންނަވާ ބަލިމީހުން، އެހީތެރިން އަދި އެހެނިހެން ފަރާތްތައް މާސްކް އަޅައިގެން އުޅުއްވުމަށް އިލްތިމާސްކުރާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އަދި ހަލުވިކަމާއިއެކު ފެތުރެމުންދާ މި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާނެކަމަށް އުއްމީދުކުރާކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން