ހުމާއި ރޯގާއަށް ފަރުވާހޯދުމަށް އަންނަ މީހުންގެ އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
މިކަމާގުޅިގެން އައިޖީއެމްއެޗުން ބުނެފައިވަނީ މިދުވަސްވަރަކީ މި ހޮސްޕިޓަލަށް، ހުމާއި ރޯގާ ޖެހިގެން ފަރުވާހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، 23 ޖޫން 2022 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލިމީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މި ކްލިނިކްގެ ޙިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ލިބިގެންދާނެއެވެ.