ކުރިއަށްއޮތް ބަންދު ދުވަސްތަކުގައި ޚިދުމަތް ދޭން ރޭވިފައިވާގޮތް އައި.ޖީ.އެމް.އެޗް އިން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރިއަށްއޮތް ބަންދު ދުވަސްތަކުގައި ޚިދުމަތް ދޭން ރޭވިފައިވާގޮތް އައި.ޖީ.އެމް.އެޗް އިން ހާމަކޮށްފި

1443 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައި.ޕީ.ޑީ އަދި އިމަރޖެންސީ ޚިދުމަތްތަައް ފިޔަވައި) ބަންދުވާނެ ދުވަސްތައްވަނީ ތިރީގައިވާ ފަދައިންނެވެ.

09 ޖުލައި 2022 ވާ ހޮނިހިރު، އަޟްހާ އީދު ދުވަސް

10 ޖުލައި 2022 ވާ އާދިއްތަ، އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި

12 ޖުލައި 2022 ވާ އަންގާރަ، އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި

13 ޖުލައި 2022 ވާ ބުދަ، އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައިި

26 ޖުލައި 2022 ވާ އަންގާރަ، މިނިވަން ދުވަސް

27 ޖުލައި 2022 ވާ ބުދަ، މިނިވަން ދުވަހުގެ މުނާސަބަތުގައި

އައި.ޖީ.އެމް.އެޗް އިން ބުނެފައިވަނީ 2022 ޖުލައި މަހުގެ 11 (ހޯމަ)، 14 (ބުރާސްފަތި)، ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ކުރިޔަށްދާނެ ކަމަށާއި ކުރިއަށްއޮތް ބަންދުދުވަސްތަކުގައި އޯ.ޕީ.ޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.

 

 

މިއަދު އޮންލައިން