ޑރ. ޝަހީމްގެ ކަންބޮޑުވުން: ލިވާޠުކުރާ މީހުން ފިނިކޮޓަރީގަ ގޭގަ! ޝިރުކުފަތުރާތީ ކަންބޮޑުވެ ނުކުތް ދެ ޝައިޚުން ބަންދުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޑރ. ޝަހީމްގެ ކަންބޮޑުވުން: ލިވާޠުކުރާ މީހުން ފިނިކޮޓަރީގަ ގޭގަ! ޝިރުކުފަތުރާތީ ކަންބޮޑުވެ ނުކުތް ދެ ޝައިޚުން ބަންދުގަ!

ރާއްޖޭގެ މިއަދުގެ ޙާލަތަކީ ކަންބޮޑުވާންޖެހޭ ޙާލަތެއްކަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައިޔޫއެމްގެ ކުރީގެ ޗާނަސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާހަގަކުރައްވައިފިއެވެ. 

ޑރ. ޝަހީމް ވިދާޅުވެފައިވަނީ:  

ޤައުމުގެ އިޖުތިމާޢީ ފޭރަން ވީދަމުންދާ ލިވާތުބާގައިގެ މީހުން ފިނި ކޮޓަރީގައި ތިބެފަ، ކުށެއް ސާބިތުނުވާ ދީނީ ޢިލްމުވެރިން ވާ ނުވާގައި ޖަލު ބަންދުގައި ބައިތިއްބަންޖެހެނީ ކޮން ޢަދުލުވެރިކަމަކުންހެއްޔެވެ؟ 

ހައްޔަރުކޮށްފައިވާ ދެ ޢިލްމުވެރިން ކަމުގައިވާ ޝައިޚު އާދަމް ނިޝާންއާއި ޝައިޚު ފަޟްލޫނު މިނިވަންކުރަން ގޮވާލަން، އަނިޔާވެރި ޢަމަލެއް ހިންގިކަން ސާބިތުނުވާހާ ހިނދެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝާރީޢާއާއި ޤާނޫނުގެ ރޫޙާ ޚިލާފުކަމެއް. 

ޔޯގާޑޭގެ ޙާދިސާއާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގި ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެ ޙާދިސާގެ އިންޞާފުވެރި ފުރިހަމަ ތަޙުޤީޤެއް ހިންގުން މުހިންމުކަމުގައި ދެކެން." ކަމަށެވެ.

ޤައުމުގައި ހުރި މިފަދަ ބޮޑެތި މައްސަލަތަކަށް ޙައްލެއް ނުލިބި ރައްޔިތުން އިންތިހާއަށް ކަންބޮޑުވުމުން ފައުޅުކުރަމުންގެންދާއިރު ރައީސް ޞާލިޙް ޢާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ޙައްޖުގައެވެ. އެބޭފުޅުން މިއިން އެއްވެސް މައްސަލައަކަށް ސަމާލުކަން ދެއްވާތަނެއް ނުފެނެއެވެ.

 

 

މިއަދު އޮންލައިން