(ދަރިފުޅު ސްކޫލަށްދިއުމަށްޓަކައި އަރަންޖެހޭ ބޫޓާއި ޔުނިފޯމް ފަދަ ތަކެތި ގަތުން) ފަދަ ދަރިވަރުންގެ ތައުލީމަށް ބޭނުންވާ ޚަރަދު އެކީ އެކައްޗަކަށް ޒަކާތު ފަންޑުން ހަމަޖެއްސޭނެ. އެއީ ދީނީ ގޮތުން މައްސލައެއް އޮންނާނެ ކަމެއް ނޫން. އަދި އަމިއްލަ ފަރުދުންގެ ޒަކާތު ބައިންވެސް އެހީވެދެވިދާނެ.": ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ތިން ދަރިން ސްކޫލަށް ދާނެ ބޫޓެއް ޔުނިފޯމެއް ނެތުމުން މުސްކުޅި މާމަ މަތިވެރި ގުރުބާނީތަކެއް ވަމުން އަންނަ ވާހަކަ ބައެއް ނޫސްތަކުން ހާމަކުރުމުންނެވެ.
ރާއްޖޭގެ ޒަކާތުފަންޑުގައި ފައިސާ ހުންނައިރުވެސް މިފަދަ ނިކަމެތިޙާލުގައި މީހުންނަށް އުޅޭޖެހޭކަން އެއީ ހިތާމަހުރި މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ. ޑރ. ޝަހީމް އަކީ އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައި ޒަކާތު ފަންޑު އެތައް ސަތޭކަ ގުނައަކަށް އިތުރުކުރައްވާފައިވާ އަދި އެފަންޑުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް އެމަނިކުފާނަކީ ސްކޯލާޝިޕް ދެއްވައިގެން ޔަތީމް ދަރިވަރުންނަށް ކިޔަވައިދެއްވާ ޚިދުމަތްތެރިއެކެވެ.