ކިޑްނީ ތޮރުފައިގެން ހިލަ ނެގުމަށް ދިވެހި ޑޮކްޓަރުންގެ ޓީމަކުން ރާއްޖޭގައި ފުރަތަމަފަހަރަށް ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް އައި.ޖީ.އެމް.އެޗް އިން ބުނެފިއެވެ.
އައި.ޖީ.އެމް.އެޗުން ބުނީ ޔޫރޮލޮޖީގެ ދިވެހި ޑޮކްޓަރުންގެ ޓީމުން (ޑރ. އަބްދުﷲ އަދްސަރ އާއި ޑރ. އިބްރާހީމް މިސްބާހް) ކިޑްނީ ތޮރުފައިގެން ކުރާ ހިލަ ނެގުމުގެ ބޮޑު އޮޕަރޭޝަނެއް (PCNL - Percutaneous Nephrolithotomy) ކާމިޔާބު ކަމަށާއި މި އޮޕަރޭޝަންއަކީ ކިޑްނީ ތޮރުފައިގެން ހިލަ ގޮއްވުމާއި ހިލަ ކޮޅުތައް ނެގުމަށް ކުރެވުނު އޮޕަރޭޝަނެއްކަމަށެވެ.
ހިލަ ގޮއްވުމުގެ މި އޮޕަރޭޝަނަކީ ރާއްޖޭގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމުގައި ހޭނައްތާ ޑޮކުޓަރުންގެ ޓީމާއި ނަރުހުންގެ ބައިވެރިވުން އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކޮށްފައެވެ.