ޙައްޖު ކޯޕޮރޭޝަން އުފެއްދި މަޤްޞަދު ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޑރ. ޝަހީމް ކަންބޮޑުވުން ފައުޅު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޙައްޖު ކޯޕޮރޭޝަން އުފެއްދި މަޤްޞަދު ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޑރ. ޝަހީމް ކަންބޮޑުވުން ފައުޅު ކުރައްވައިފި

ޙައްޖަށްދާން ބޭނުންވާ މީހުންނަށް ވީހައި ޚަރަދުކުޑަކޮށް އަދި ވީހައި ލުއިފަސޭހަ ގޮތެއްގައި ޙައްޖުގެ މަތިވެރި އަދާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަން އުފެއްދި މަޤްޞަދު ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކުންފުނި އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފައުޅު ކުރައްވައިފި އެވެ. 

ޑރ. ޝަހީމް ވިދާޅުވީ "ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ މަޤުޞަދަކަށް ވެފަ އޮތީ މަދުން ލާރި ނަގައި، ކުރިއާލައި އިންވެސްޓްކޮށްގެން ޙައްޖުގެ އަގު ރައްޔިތު މީހާއަށް ހެޔޮކޮށްދިނުން. އަދި އެމީހަކު ދައްކާ ފައިސާ އިންވެސްޓްކޮށްގެން ލިބޭ އެއްޗަކުން އޭނާއާއި އޭނާގެ ޢާއިލާއަށް ވެސް ވާރުތަވާނެހެން ޚިދުމަތްދިނުން." ކަމަށެވެ. 

މިހާރުގެ ސަރުކާރަކީ ފައިސާ އާއިބެހޭ ކަންކަމުގައި ރައްޔިތުންނަށް ސާފުމަުލޫމާތު ނުދޭން މަސައްކަތްކުރާ ސަރުކާރަކަށްވުމުން ޙައްޖަށް ދިއުމަށް މީހުން ދައްކާފައިވާ ފައިސާކޮޅަށްވަމުންދާ ގޮތް ފޮރުވަން އެއީ ވިޔަފާރީގެ ސިއްރުކަމަށް ހަދަން ޙައްޖު ކޯޕޮރޭޝަނުން ވަރަށް ވަރުގަދައަށް މަސައްކަތްކުރާކަން މިހާރުނޫހުގައިވާ ރިޕޯޓުން އެނގެން އެބައޮތެވެ. 

އެރިޕޯޓުގައިވާ ގޮތުން ޙައްޖަށް ދިއުމަށް 3750 މީހަކު  235,796,346.01ރ  ދައްކާފައިވާއިރު 2020 ވަނަ އަހަރުގެ ކުންފުނިން ހާމަކުރި އަހަރީ ރިޕޯޓްގައިވާ ގޮތުން ދައްކަނީ އެދްވާންސަށް ދެއްކި ފައިސާގެ ގޮތުގައި 151،350،543 ރުފިޔާ ހުރިކަމަށެވެ. 

ޙައްޖުކޯޕޮރޭޝަން މެދުވެރިކޮށްގެން ޙައްޖަށްދާ މީހުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމަށްބުނެ ގިނަ ބައަކު އަންނަނީ ޝަކުވާކުރަމުންކަން ފާހަގަކުރެވެއެވެ. 

ނުރަނގަޅު މައުލޫމާތު ހާމަކުރުމަކީ ފާފައެކެވެ. އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ. އެކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވާ ޢިލްމުވެރިންނަށާއި ޚުޠުބާ ލިޔުއްވާ ފަރާތްތަކުގައި ސުވާލުކޮށްލަން ބޭނުންވަނީ ރައްޔިތުންނަށް އެނގެންޖެހޭ މިބާވަތުގެ ކަންކަމުގެ މައުލޫމާތު ހޯދަން ސަރުކާރުގައި އެދުމުން ނުދީ ހިފެހެއްޓުމަކީ ހުއްދަ ކަމެއްކަމަށްވަނީތޯއެވެ؟ 

އެހެންކަމަށްވާނަމަ ޚުޠުބާ ވިދާޅުވުމުގެކުރިންޢުމަރުގެފާނަށް ކުރެވުނު ސުވާލަށް ޚުޠުބާވިދާޅުވުމުގެ ކުރިން ޖަވާބުދެއްވީ ކީއްވެގެންތޯއެވެ؟ ރައްޔިތުންގެ ފައިސާގެ ކަންކަން ހިނގާ ގޮތުގެ މައުލޫމާތު ސިއްރުކުރުން  އިސްލާމް ދީނުގައި ހުއްދަތޯއެވެ؟ 

މިހާރުނޫހުގައިވާ ލިޔުން: 

https://mihaaru.com/news/114082

މިއަދު އޮންލައިން