މާދަމާ އިން ފެށިގެން ހިޔަލަވިންގުން ކުރިއެކޭވެސް އެއްފަދައިން ޚިދުމަތް ދެމުންގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ އެހޮސްޕިޓަލުގެ މާބަނޑުމީހުންނާ ތުއްތު ކުދިންނަށް ޚާއްސަ އިމާރާތުގައި (ހިޔަލަ ވިންގް) ބަލިމީހުން އަރާ ފޭބުމަށް ބޭނުންކުރާ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ހިޔަލަ ވިންގުން ދެމުން ގެންދާ ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަދަލުކުރެވިފައި އޮތްއޮތުން، މާދަމާ (25 އޮކްޓޫބަރު 2022) އިން ފެށިގެން ހިޔަލަވިންގުން ކުރިއެކޭ އެއްފަދައިން ދެމުންގެންދާނެ ކަމަށެވެ.