ކުރިއަށް އޮތް 8 މަސްތެރޭ ސަރުކާރުން ޢަރަބިއްޔާ ސްކޫލް ޢިމާރާތްކޮށް ނިންމާނެ ގޮތަކާމެދު ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކުރިއަށް އޮތް 8 މަސްތެރޭ ސަރުކާރުން ޢަރަބިއްޔާ ސްކޫލް ޢިމާރާތްކޮށް ނިންމާނެ ގޮތަކާމެދު ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަން ފަށައިފި!

ރައީސް އިބްރާހީމް ގެ ވަޢުފުއްދަވަން ކުރިއަށް އޮތް 8 މަސް ދުވަސްތެރޭގައި ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް އަޅައި ނިންމާނެ ގޮތަކާއިމެދު ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.  

ބެލެނިވެރިން ބުނަނީ 18 މަސް ދުވަސްތެރޭގައި ޢިމާރާތްކޮށް ނިންމަން ރައީސް އިބްރާހީމް ވަޢުދުވެވަޑައިގެންނެވތާ މިހާރު 10 ދުވަސް ފާއިތުވެދިއައީކަމަށާއި އަދިވެސް ބިންގާ ނުއެޅޭކަމަށެވެ. އެހެންކަމުން ޢަރަބިއްޔާ ސްކޫލްގެ ކަންކަމުގައި އަބަދުވެސް ކަންކަން މެދުވެރިވާ އުޞޫލުން ތާރީޚް މިދަނީ އިޢާދަވަމުން ކަމަށެވެ.  

ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ކަންކަން އަބަދުވެސް ކުރަންޖެހިފައި އޮންނަނީ ބެލެނިވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން ކަމަށްވުމުން ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ބޭނުންވާ މިންވަރާއި ދަރިންނަށް އިސްލާމްދީނުގެ ޢިލްމާއި ތަރުބިއްޔަތު އުނގަންނައިދޭން ބޭނުންވާ މިންވަރު އަބަދުވެސް މިއަންނަނީ ފާހަގަކުރެވެމުންނެވެ.  

"ތާރީޚު މިދަނީ ޢިޔާދަވަމުން.

ރައީސުލްޖުމްހޫރިއްޔާ 19/12/2021ގައި ވިދާޅުވީ 18މަސް ތެރޭގައި ޢަރަބިއްޔާގެ އައު ޢިމާރާތް އަޅުއްވައި ދެއްވާނެކަމަށް.

ދައުރު ނިމުމުގެ ކުރިން އެޢިމާރާތް ނިންމަވައި ދެއްވާނެ ކަމަށް.

މިހާރު އޭގެފަހުން 10 މަސް ވޭތުވީ.

އަދި ބިންގައު ނޭޅޭ"

 

މިއަދު އޮންލައިން