ފައުޅުކަން ބޮޑު ގޮތެއްގައި ހިންދޫ ދީންތަކުގެ ކަލާނގެތަކުގެ ބޮޑެތި ނަންބޯޑުތައް ޖަހައިގެން ކަންކަންކުރަނީއެވެ. ހިންދޫ ދީންތަކުގެ ކަލާނގެތައް އަތުން ހިފައިގެން ނުކުމެ މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކުގައި އެހެންދީންތަކުގެ ދުވަސްތަކާއި ކަންކަން ފާހަގަކުރަނީއެވެ.
ހިންދޫ ދީނުގެ މީހުން މިސްކިތްތަކުގެ ޙުރުމަތް ކަނޑައި ޤަޞާޙާޖާތްކުރަނީއެވެ. ހުކުރު މިސްކިތުގައި ޝިރުކުކުރަނީއެވެ. ސަރުކާރު ބައިވެރިވެގެން ޝިރުކުރުން ޢާންމުކުރަނީއެވެ. އެކަމާއި ދެކޮޅަށް ބަހެއް ބުނެފިނަމަ ޢިލްމުވެރިންނަކީ ޓެރަރިސްޓުން ކަމުގައި ހަދަނީއެވެ.
މިފަދަ އެތައް ކަންތައްތަކެއް ޢާންމުވެފައިވާއިރު މިފަދަ ބޮޑެތި މުންކަރާތްތައް ހިންގާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ. ފިޔަވަޅުއަޅާތަން މިފެންނަނީ މުންކަރާތްތައް ހުއްޓުވަން ނުކުންނަ ބައަކަށެވެ.
އެކަމަކުވެސް ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކޮށް މޮޅުހައި ވާހަކަތައް ފަތުރަނީއެވެ. އެހެން ދީންތަކަށް ރާއްޖެއިން ފުރުޞަތުދޭން ކުރަމުން ގެންދާ މަސައްކަތްތަކަށް ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
"ބިދޭސީންނަށް ދިވެހި ރަށްވެހިކަން ދިނުމަށް ގޮވާލާމީހުން ބޭނުންވަނީ ދިވެހިންގެ މި ލޮބުވެތި ޤައުމު، ދިވެހިންނަށް ކަށްވަޅަކަށް ހެދުމަށެވެ. ޔާ ﷲ ! އަޅަމެންނާއި، އަޅަމެންގެ މި ލޮބުވެތި ވަޠަން އެ މަކަރުވެރި، ނުބައިނުލަފާ މީހުންގެ ކިބައިން ސަލާމަތްކުރައްވާނދޭވެ!: އާމީން.
- ޝައިޚް މުޙައްމަދު ލަޠީފް
ފުރަތަމަ ރެޒިޑެންސް ވިސާ! ދެން ފައްޅިއަޅާ އަޅުކަންކުރުމުގެ ޙައްޤު!
ނަން ވާނީ ހޮޅިންނަށް ރާއޖް ވިއްކައިލި ޙަސަން ތާޖުއްދީންގެ ދެދަރިންނެވެ. އެއިގެ ކުރިންނަމަ ޕޯޗްގީޒުންނަށް ރާއްޖެ ވިއްކައިލި މުރުތައްދު ހަސަން ރަސްގެފާނެވެ! މިއަދު މިފެންނަނީ ރާއްޖޭގައި ތިބުމުގެ ދާއިމީ ހުއްދަ ނުވަތަ ރިޒިޑެންސް ވިސާ ދީ އެއަށްފަހު ރާއްޖޭގައި އެހެން ދީންދަކުގެ ފައްޅިތައް އަޅަން ހުއްދަދިނުމާއި ދިނުމާއި ހަމައަށް ގެންދަން ބައަކު ނުކުމެ މަސައްކތްކުރާތަނެވެ.
ރާއްޖޭގައި އިސްލާމް ދީނުގެ ހައްދުތައް ޤާއިމު ނުކުރެވިގެން މިހާރުވެސް މިއުޅެނީ ސޮއިކޮށްފައިވާ އދގެ ޤަރާރުތަކުގެ ސަބަބުން ކަމަށްބުނެ ބަހަނާ ދައްކާއިރު ދިވެހިންގެ ބައަކު މުރުތައްދުކުރުވައިގެން ފައްޅިއަޅަން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. އެހެން ދީންތަކެއްގެ ބައަކަށް ރާއްޖޭގައި ތިބުމުގެ ދާއިމީ ހުއްދަ ދިނުމުން ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ލިބިފައިވާ އެހެން ދީންތަކުގެ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
އެހިސާބުން އދގެ ބާރާއިއެކު ރާއްޖޭގައި ފައްޅިތައް އަޅައި އެހެން ދީންތަކަށް ރަސްމީ ގޮތުގައި ފައުޅުގައި އަޅުކަންކުރަން ފަށާނެއެވެ. އެކަން ކުރާ ބުރަކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ނުކުންނަ މުސްލިމުން ހަދާނީ ހަރުކަށި ފިކުރުގެ މީހުންނަށެވެ. އެމީހުން ހިފައި ހައްޔަރުކޮށް އަނިޔާވެރި އަދަބުތައްދީ މަރަމުން ގެންދާނެއެވެ! ހަރުކަށި ފިކުރު މިހައިވަރަށް ގޯސްވެ ބުރަކަށިފިކުރަށް ބާރުތައް ދެމުން މިހާރުވެސް އެގެންދަނީ ދުރާލައި އެކަމަށް ރާވައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބެލެވެއެވެ.
ދާދި ކުޑަކުޑައަގަކަށް ގަންނަން ލިބޭ އެމްއާރުމެޝިނެއް ރާއްޖެއަށް 4 މަސް ދުވަސްތެރޭ ހަދިޔާކުރަން އެއްބަސްވެ އިއުލާނުކޮށް 4 އަހަރުވީއިރު ވެސް ނުދީގެން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ހޯދަން ޖެހުނީ ދާދި އިހަށްދުވަހުއެވެ. މިއަދު އެހީތައް ފުނިފުންޏަށް އޮއްސަމުން ގެންދަނީ އެކަމުގެ ފަހަތުގައި ވަރުގަދަ އެޖެންޑާއެއް ނެތިކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން ބުއްދި ސަލާމަތުން ތިބި އެންމެންނަށްވެސް އެނގެއެވެ.
ދުރުގައި ހުރި ކުރި މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވުމުން މިހާރުމިވަނީ ގާތުން ރާޅު ހިއްލުވައިފައެވެ. ކޮންމެ ވަގުތަކުވެސް ރާއްޖެއަށް ބިންދައިލެވޭހައި ގާތުންނެވެ. ރާޅު ބިޔަކޮށްފައިވަނީ ދުރުގައި ތިބިމީހުންގެ ވެސް ބައިވެރިވުމާއިއެކުގައެވެ.
ބަދަލުގެންނަނީ ފުރަތަމަ އިމިގްރޭޝަނުގެ ޤާނޫނަށެވެ. އެއީ ފެށުމެވެ. އެ ފެށުމުގެ ތެރެއިން ދެން ކުރިމަތިލާން ޖެހިގެންދާނީ ހަމަ ހީވެސް ކުރަން އުނދަގޫ ކަންތައްތަކަކާއިއެވެ. މުރުތައްދު ހަސަނަށް ރާއްޖެއަކަށް ނާދެވުނެވެ. ހޮޅީންވަނީ ހަސަން ތާޖުއްދިނުގެ ދެދަރިން ކަނޑުފައްތައިފައެވެ. މިއަދު އުފެދިގެން އުޅޭ ޣައްދާރުން ތިބީ ރާއްޖޭގައެވެ! މިއީ ރައްޔިތުން މިކަމަށް ފުންކޮށް ވިސްނައި ހޭލުންތެރިވާންވީ ވަގުތެވެ!
މިވަގުތު މިކަމަށް ސަމާލުކަން ނުދީފިނަމަ ކުރިމަތވާނީ ހަމަ ފަލަސްޠީނަށްވެސް ކުރިމަތިވި ޙާލަތެވެ. ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްކަން ދިފާޢުކުރަން ބޭނުންނަމަ މިއީ މިއީ ރައްޔިތުން ކެރިގެން ކުރިމަތިލާންވީ ވަގުތެވެ!
މުސްލިމް ދިވެހި ރައްޔިތުން ދިރިތިއްބައި ވަޅުލަން ކައްވަޅު ކޮނުން ހުއްޓުވާށެވެ! ނޫން ނަމަ އެ ކައްވަޅުގައި މުސްލިމް ދިވެހި ރައްޔިތުން ވަޅުލާނެއެވެ!