ޤައުމީ ޔުނިވަރސިޓީން ކްރިސްމަސް ޕްރަމޯޓްކުރަނީ ދުރާލައި ރާވައިގެން އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ޕްރޮގްރާމެއްގެދަށުން!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤައުމީ ޔުނިވަރސިޓީން ކްރިސްމަސް ޕްރަމޯޓްކުރަނީ ދުރާލައި ރާވައިގެން އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ޕްރޮގްރާމެއްގެދަށުން!: ޝައިޚް އާދަމް ނިޝާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކްރިސްމަސް ޕްރަމޯޓްކުރަނީ ދުރާލައި ރާވައިގެން އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ޕްރޮގްރާމްގެދަށުން ކަމަށާއި އެއީ އޮޅިގެން ކުރެވޭ ކަންކަން ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޝައިޚް އާދަމް ނިޝާން ޢަލީ ވިދާޅުވެއްޖެއެވެ.

ޝައިޚް އާދަމް ނިޝާން ވިދާޅުވީ ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިން ތިއްބެވީވެސް ޤައުމީ ޔުނިވަރސިޓީގައިކަމަށްވީނަމަވެސް ސަރުކާރުން ހިންގާ މިފަދަ ކަންކަމަށް ބަސްފުޅު ވިދާޅުވަން ފަސޭހަފުޅު ނުވަނީ ކަމަށެވެ. "އެހެންވީމާ ކޮންމެވެސް ބައަކު އެބަޖެހޭ މިވާހަކަތައް ދައްކަން. އިސްލާމް ދީނާ ދިވެހިން ދުރުކުރުވަން މިކުރާ މަސައްކަތްތަކުގެ ވާހަކަތައް ދައްކަން. ދޭއަދަބެއް ލިބިގަންނާނީ. މުހިންމީ ﷲ ލައްވަވާނެ ރަޙްމަތް." ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. 

"އެމްއެންޔޫ އިން ފާޅުގައި ނަޞާރާ ދީނުގެ ކްރިސްމަސް ޕްރޮމޯޓް ކުރަނީ! ކުރިމަތީގައި ނަޞާރާއިން ފާހަގަކުރާ އެމީހުންގެ އެންމެ ބޮޑު ދީނީޢީދު ކަމުގައިވާ ކްރިސްމަސް އޮތް އިރު، މިއިޝްތިހާރު ބޯޑުގައި ހުރި ހުރިހާ ކުރެހުމަކީ ކްރިސްމަސް ސެލެބްރޭޓް ކުރާ ކުރެހުންތަކަށް ވުމަކީ އިއްތިފާޤެއް ނޫން." 

މިއަދު އޮންލައިން