އިސްލާމްދީނާއި ޢަރަބިއްޔާ ސްކޫލާއި ގުޅުންހުންނަ ކަންކަން އޮޅުން އަރާގޮތަށް ކުރަމުން އަންނަ މިސަރުކާރާއިމެދު ޢަރަބިއްޔާގެ ބެލެނިވެރިންނަށް އަނެއްކާވެސް ބޮޑު ކަންބޮޑުވުމަކަށް ދާންޖެހިއްޖެއެވެ. އެއީ އަންނަ އަހަރުގެ ބަޖެޓުފޮތުގައި ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް އެޅުމަށް އެއްވެސް ޢަދަދެއް ބަޖެޓުކޮށްފައި ނެތްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޓްވީޓްކުރެއްވުމުންނެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް 18 މަސްދުވަސްތެރޭގައި އަޅައި ނިންމާނެކަމަށް ރައީސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވެ 10 މަސްދުވަސް ފާއިތުވީއިރުވެސް ބިންގާވެސް އަޅާފައިނުވާތީ ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ވަނީ ދާދިފަހުން ކަންބޮޑުވުން ފައުޅުކޮށްފައެވެ.
އެހެންކަމުން ސުލައިމާނުގެފާނަށް ﷲ ދެއްވެވި ފަދަ ކުޅަދާނަކަމެއް މިސަރުކާރަށް ލިބިގެން ޖިންނި ލައްވައި ޢިމާރާތް އަޅައި 8 މަސް ދުވަސްތެރޭގައި ސަރުކާރުން ސްކޫލް އަޅަނީކަމަށް ބައެއް ބެލެނިވެރިން މިހާރުވެސް ވަނީ ތުހުމަތުކޮށްފައެވެ.
ޠާރިޤް ވަނީ ޢިމާރާތްކުރަން ބަޖެޓްކޮށްފައި ހުރި ސްކޫލްތަކުގެ ތަފްޞީލްވެސް ބަޖެޓު ފޮތުން ހާމަކުރައްވައިފައެވެ. އެލިސްޓުގައި ޢަބިއްޔާ ސްކޫލުގެ ނަން ނެތުމުން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢްލީމް ފަތުރަން ބޭނުންވާ ރައްޔިތުންގެ ގިނަ ބައެއްގެ ހިތްތަކުގައި މިހާރުވަނީ ސުވާލުތައް އުފެދިފައެވެ.
އަރަބިއްޔާ ސްކޫލްގެނަމުގައި އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް. އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި. ހިތާމަހުރި ކަމެއް. @DhiyaresNews @VaguthuOnline @Sangu_TV @Dhaurunews pic.twitter.com/d8dVeJRiXr
— Ahmed Thariq (@AhmedThaariq) November 1, 2022