ހިތަދޫ ކެނަރީ މަގުގަ ތާރު އެޅުމުގެ މަސައްކަތް ހިންދޫ އަޅުކަމަކުން ފެށުމުން ޝައިޚް ޝަފީޢް ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހިތަދޫ ކެނަރީ މަގުގަ ތާރު އެޅުމުގެ މަސައްކަތް ހިންދޫ އަޅުކަމަކުން ފެށުމުން ޝައިޚް ޝަފީޢް ކަންބޮޑުވުން ފައުޅުކުރައްވައިފި!

ހިތަދޫ ކެނަރީ މަގުގަ ތާރަ އެޅުމުގެ މަސައްކަތް ހިންދޫ އަޅުކަމަކުން ފެށުމުން ޝައިޚް ޝަފީޢް ޢަބްދުﷲ ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

"މިއީ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން ވެސް މަނާކުރެވިފައިވާ ކަމެކެވެ. އެހެން ދީނެއްގެ ޝިޢާރު ފާޅުކުރަނީއެވެ. ކަމާ ބެހޭ ފަރާތްތައް ކޮބައިތޯއެވެ؟ މި ޤައުމުގެ މިސްރާބު މި ދަނީ ރަނގަޅު ދިމާއަކަށް ނޫނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ."

މިފަދަ ކަންކަމުގެ ޒިންމާ ނަގަންޖެހޭ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަމާ ހޯމްމިނިސްޓްރީގެ ބެލެނިވެރިކަން ސަރުކާރުން ޙަވާލލުކޮށްފައިވާ ޢަދާލަތުޕާޓީގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޕާޓީއެވެ. އެޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އެވެ. 

އެމަނިކުފާނު އަބަދުވެސް ދައްކަވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ނުދޭނެވާހަކައާއި ދީން ޙިމާޔަތްކުރާ ވާހަކައެވެ. ޢަމަލުން މިފެންނަނީ އެހެންދީންތަކުގެ އަޅުކަން ފައުޅުގައި ކުރެވެމުން އަންނަތަނެވެ. 

މިއަދު އޮންލައިން