ޢަރަބިއްޔާ ބެލެނިވެރިން ތައުލީމީ ވަޒީރާ ބައްދަލުކުރަން މަސައްކަތްކުރާތާ 3 ހަފްތާވިއިރުވެސް އެޕޮއިންޓްމަންޓް ނުދިނީމާ ބައްދަލުވޭތޯ މިނިސްޓްރީއަށް ދިއުމުން ގެނުވީ ފުލުހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ޢަރަބިއްޔާ ބެލެނިވެރިން ތައުލީމީ ވަޒީރާ ބައްދަލުކުރަން މަސައްކަތްކުރާތާ 3 ހަފްތާވިއިރުވެސް އެޕޮއިންޓްމަންޓް ނުދިނީމާ ބައްދަލުވޭތޯ މިނިސްޓްރީއަށް ދިއުމުން ގެނުވީ ފުލުހުން!

ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ތައުލީމީ ވަޒީރާ ބައްދަލުކުރަން މަސައްކަތްކުރާތާ 2،3 ހަފްތާވިއިރުވެސް ވަޒީރު ކަމަނާއަށް ވަޤުތު ނުވެގެން ކަމަށްބުނެ އެޕޮއިންޓްމަންޓް ނުދިނީމާ ބައްދަލުވޭތޯ މިނިސްޓްރީއަށް ދިއުމުން ގެނުވީ ފުލުހުން! ކަމަށް ބެލެނިވެރިން ހާމަކޮށްފިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު މައުމޫން ރައްޔިތުންނަށް ވަރަށް ބޮޑެތި އަނިޔާތައް ކުރިއިރު ރައީސް މައުމޫނަށް އެނގިވަޑައިނުގެންނެވި ފަދައިން މިހާރުގެ ތަޢުލީމީ ވަޒީރު ޢަރބިއްޔާ ސްކޫލާއިމެދު ޢަމަލުކުރަމުންގެންދާ ގޮތް ރައީސް އިބްރާހީމްއަށް އެނގިވަޑައިނުގެން އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. 

އެދުވަސްވަރު ޑިފެންސް މިނިސްޓަރު މައުމޫން ޤާނޫނުތަކުން ބޭރުން މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާވެރިވަމުން ދިއައިރު އެކަންކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަނީ އެތައް އަހަރެއް ފަހުންނެވެ. އެނގިވަޑައިގަތުމާއިއެކު އެމީހަކު މިނިވަން ކުރައްވައި ވަރަށް ހެޔޮކޮށްވެސް ކަންކަން ކުރެއްވެވިއެވެ. 

ޢަރަބިއްޔާގެ ޢިމާރާތުގެ މައްސަލަވެސް ކުރިން ދިއައީ އެކަހަލަ ގޮތަކަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ޢަމަލުކުރަމުން ދިއައީ ވަރަށް ބޭއިންޞާފުންކަން އެނގިވަޑައިގަތުމުން ރައީސް އިބްރާހީމް ބެލެނިވެރިންނާއި ބައްދަލުކުރައްވައި އެއިރު ދެއްވެނެހުރި އެންމެ ރަނގަޅު ޢިމާރާތް ދެއްވިއެވެ. އެހެންކަމުން ޤަބޫލުކުރެވޭ ގޮތުން އެމަނިކުފާނު 18 މަސްދުވަސްދުވަހުން އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި ޢަރަބިއްޔާ ސްކޫލްގެ ބިންގާ އަދިވެސް ނާޅާކަމާއި ބަޖެޓުގައިވެސް ނުހިމަނާކަން ރައީސް އިބްރާހީމަށް އަދިވެސް އެނގިވަޑައިނުގަންނަވަނީކަމަށް ވުމަކީވެސް ވެދާނެ ގޮތެކެވެ.  

ޢަރަބިއްޔާ ސްކޫލުން ވުޖޫދުން ގެއްލުވާލަން ސަރުކާރުން ހިންގާ ސިއްރު އެޖެންޑާ އާއި ގުޅިގެން ރެއިން ފެށިގެން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ގެންދަނީ މުޒާހަރާކުރަމުންނެވެ. މިއަދުވެސް މުޒާހަރާކުރިއެވެ. ޢަރަބިއްޔާގެ ބެލެނިވެރިން ތިބީ އެންމެން ހައްޔަރުކުރަންދެން މުޒާހަރާކުރިއަސް ގެންދާ ގޮތަށެވެ. އެމީހުން ބުނަނީ ރާއްޖެއިން ޢަރަބި އިސްލާމީ ތަޢްލީމް ފުހެލަން ސަރުކާރުން ހިނަގާ ކަންކަމާއި ދެކޮޅަށް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.  

މިއަދު އޮންލައިން