އެޑިޔުކޭޝަން މިނިސްޓްރީން ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ހާމަކުރަން ބޭނުންނުވާ ސިއްރު މައްސަލަތަކެއް ހުރެގެން ޢަރަބިއްޔާ ހިންގަން ބޮޑެތި އިދާރީ ބަދަލުތަކެއް ގެންނަން ބޭނުންވަނީ ކުދިން ލާދީނީޚުރަން ނޫންއިރު ދީނާއި ދުރުކުރުވަންތޯ؟ ބެލެނިވެރިން ސުވާލުކުރަން ފަށައިފިއެވެ.
މިފަދަ ސުވާލުތަކެއް އުފައްދަން ފެށީ ބެލެނިވެރިންނާއިއެކު މިއަދު ތައުޅިމީ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގަ ޢަރަބިއްޔާގައި ބޮޑެތި އިދާރީ މައްސަލަތަކެއް އެބަހުރިކަމަސް ވިދާޅުވިފައި އެމައްސަލަތައް ހާމަނުކުރެއްވުމުންނެވެ.
"ވަޒީރު ވިދާޅުވި އެބަދަލުތައް ގެންނަނީ ދަރިވަރުން ލާދީނީކުރަން ނޫންކަމަށް! އެހެންވިއްޔާ މިއުޅެނީ ކުދިން ދީނާ ދުރަށް ޖައްސުވަން ނޫންކަމެއްވެސް ނޭނގެ. މިގެންނަނީ ކޮން ބޭނުމަކު ގެންނަ ބަދަލުތަކެއް ކަމާއި ގެންނަން އުޅޭ ބަދަލުތަކެއް ނުއެނގޭތީ އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ" ކަމަށް ބެލެނިވެރިން ބުނެއެވެ.
ޢަރަބިއްޔާ ސްކޫލާއިމެދު ސަރުކާރުން ސިއްރު އެޖެންޑާތަކެއް ގެންގުޅޭކަން ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.