ޢަރަބިއްޔާ ސްކޫލުގެ 2 ބެލެނިވެރިންނާއި ތައުލީމީ ވަޒީރު ބައްދލުކުރި ބައްދަލުވުމުގައި ވަޤުތީ ޕްރިންސިޕަލް ޙުސައިން ސަޢީދުގެ ޚުދުމުޚުތާރުކަން ހައްދަފަހަނައަޅާފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށް ބެލެނިވެރިން ބުނެއެވެ.
"ވަރަށް ރުޅިއައިސްގެން އިނދެ ހަރުކަށިކޮށް ވާހަކަދައްކަމުން އޭނާ ސްކޫލް ހިންގާ ގޮތާ، ކުރާ ކަމަކާ ނުރުހިގެން ބެލެނިވެރިން ވާހަކަދައްކައިފިނަމަ ޕީޓީއޭގެ ބައްދަލުމެއްވެސް އިތުރަށް ނުބާވާނެކަމުގެ އިންޒާރު ދިން! ބުނީ ހޫނު ގޮނޑިއަށް ލެވޭނީ އެއްފަހަރުއޭ! އެހިސާބުން ޕީޓީއޭގެ ބައްދަލުވުމެއްވެސް ނުބާއްވާނަމޭ!"
ރައީސް އިބްރާހީމްގެ ސަރުކާރުގެ ސިޔާސަތަކީ މިއީކަން ހާމަވެގެން ދިއުމުން ބެލެނިވެރިން ތިބީ ކަންބޮޑުވެފައެވެ. ރަސޫލް ﷺ ގެ އަރިއަހުގައި މުޝްރިކުން ދެއްކި ވާހަކަތައްވެސް އަދު އެއްސެވިއެވެ. އެކަކު އެތައް ަފަހަރަކު އެތައް ދުވަހަކު ވާހަކަދެއްކެވި އިރުވެސް އަޑުއެއްސެވިއެވެ. އެމީހުން ވާހަކަދައްކައި ނިންމަންދެން އަޑުއައްސަވަން އިންނަވައެވެ.
މިއީ ސިޔަރަތުގައި އަބަދުވެސް ކިޔާ ވާހަކަތަކެވެ. މިކަމުން އެނގެނީ މުސްލިމުން ޢަމަލުކުރަންޖެހޭނީ އެގޮތަށް ކަމެވެ. އެންމެން ދައްކާ ވާހަކަވެސް އަޑުއަހަންޖެހޭނެ ކަމެވެ. ނަމަވެސް ޢަރަބިއްޔާ ސްކޫލްފަދަ އިސްލާމީ ތައުލީމާއި ތަރުބިއްޔަތުދޭ ސްކޫލެއްގެ ޕްރިންސިޕަލަކަށް އިސްލާމް ދީނުގައި އޮތް ގޮތަށް ޢަމަލުނުކުރާނެ ކަމަށް ފައުޅުގައި ބުނާ މީހަކު ހަމަޖެއްސުމުން ސަރުކާރުން ޢަރަބިއްޔާއަށް ގެންނަން އުޅޭ ސިއްރު ސިޔާސީ ބަދަލު މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައިކަން ބެލެނިވެރިން ފާހަގަކުރެއެވެ.
"މިއީ އިނގޭތޯ މިސަރުކާރުން އަޅުގަނޑުމެންގެ ދަރިންނަށް ހަދާލަން އެއުޅޭ ގޮތަކީ! ދެން އޭނާ ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިޔަސް ބެލެނިވެރިން ތިބެންވީ އަނގައިންވެސް ނުބުނެ! މިއީ ރައީސުލްޖުމްހޫރިއްޔާވެސް ކަންކަން ކުރައްވާ ގޮތެއް ނޫން. ނޫސްވެރިންގެ ބައްދަލުވުންތަކުގަ އަބަދު އެމަނިކުފާނު ހޫނު ގޮނޑިއަށްލަމުން ގެންދާއިއރުވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާ! ކުރާ ސުވާލުތަކަށް ޖަވާބުވެސް ދެއްވާ!
އެހެންކަމަށްވާއިއރު އެމަނިކުފާނުގެ ވަޒީީރެއްގެ ކުރިމަތީގައި މިއިބާރާތުން ޕްރިންސިޕަލް އެވާހަކަދެއްކީ ކީއްވެގެން ކަމެއް ނޭނގެ! ވީމާ މިކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަސް ގެންނަން އަޅުގަނޑުމެން ބޭނުން. ޕީޓީއޭގެ ބައްދަލުވުންތަކުގައި ބެލެނިވެރިންނަށް ފެންނަ ކަންކަން ފާހަގަކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ހުރިހާ ސްކޫލުތަކެއްގައިވެސް އޮވޭ! އެހެންވީއިރު ޢަރަބިއްޔާގެ ބެލެނިވެރިންނަށް އެފުރުޞަތު ނުދީ އަޅުވެތިކޮށްލަން ސަރުކާރުން (އެޑިޔުކޭޝަނުން) ނިންމި ސަބަބާއިމެދު ވަރަށް ބޮޑަށް ސުވާލުއުފެދޭ!" ކަމަސްވެސް ބެލެނިވެރިން ބުނެއެވެ.