ޖުމްހޫރީ ދުވަސް އައިއިރު ދަރަނިން ސަލާމަތްނުވެދާނެ ކަމުގެ އެންމެ ބިރު ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި އިޤްޠިޞޯދީ އަޅުވެތިކަމެއްގަ ކަސްތޮޅު އެޅިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޖުމްހޫރީ ދުވަސް އައިއިރު ދަރަނިން ސަލާމަތްނުވެދާނެ ކަމުގެ އެންމެ ބިރު ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި އިޤްޠިޞޯދީ އަޅުވެތިކަމެއްގަ ކަސްތޮޅު އެޅިފަ!

މިއަހަރުގެ ޖުމްހޫރީ ދުވަސް އައިއިރު ރާއްޖެ މިވަނީ ދަރަނިތަކުން ސަލާމަތް ނުވެވިދާނެ ކަމުގެ އެންމެ ބިރުބޮޑު ޤައުމުތަކުގެ ލިސްޓުގައެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އެގެންދަނީ އެކަމަށް އިންޒާރުދެމުންނެވެ. ރިޕޯޓްތައް ނެރެމުންނެވެ. 

ދެން މިފެންނަނީ އިޤްޠިޞޯދީ ގޮތުން ކަސްތޮޅު އެޅިފައިވާތީ މިހާރުންވެސް އިންޑިއާ މީހުންނާއި ކުންފުނިތަކުން ރާއްޖޭގައި އިސްލާމް ދީނަށް ގޮންޖަހަމުން ގެންދާތަނާއި ރާއްޖޭގެ ޤާނޫނުތައް މުގުރައި ވީދައި އަޅަމުންގެންދާތަނެވެ. މާލީ ގޮތުން އިންޑިއާގެ ދަށުވެފައިވާލެއް ބޮޑުކަމުން ސަރުކާރު ބަސްހުއްޓި މަންމަވެފައިވާ ތަނެވެ. 

ދިވެހި ޖުމްހޫރިއްޔާގެ ޙަޤީޤީ ބަޠޮލް އިބްރާހީމް ނާޞިރު (ރބްކ، ނޣޢވ) ރާއްޖޭގެ ވެރިކަމުން އިސްތިޢްފާދެއްވިއިރު ރާއްޖޭގަ އޮތް ހަމައެކަނި ދަރަންޏަކީ ވެރިކަމުގެ އެންމެ ފަހުކޮޅު ރާއްޖެ ގެނައި ޖެނެރޭޓަރެއްގެ އަގުން ނުދެއްކި ބާކީ އޮތް އެންމެ 2،3 ލައްކަ ރުފިޔާ ކަމަށްވެއެވެ. 

އެޒަމާނުގެ ނިޞްބަތުން ރާއްޖެ އައީވެސް ތަރައްޤީވަމުންނެވެ. ކުރިއަރަމުންނެވެ. އިޤްޠިޞާދީ ގޮތުން އެއިރު ނެތް ސިނާޢަތެއް މިހައިތަނަށް ފެންނާކަށް ނެތެވެ. މދައުލަތް ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުކޮށްފިއެވެ. ސިޔާސީ މަޤާމްތައް ގިނަކޮށްފިއެވެ. 

ވޯޓަކުން މަޤާމަކަށް ހޮވިއްޖެނަމަ އިންތިހާއަށް ބޮޑު މުސާރައާއި ޢިނާޔަތްތައް ދިނުމަށްފަހު ރައްޔިތުން އިންތިޚާބުކުރި ދައުރު ނިމުމުންވެސް އެމީހަކަށް ރައްޔިތުންގެ ފައިސާއިން ކަރަދުކުރުން ނިންމައިލަނީއެއް ނޫނެވެ. އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު އެގެންދަނީ ޚަރަދުކުރަމުންނެވެ. 

ކޮރަޕްޝަން ޢާންމުވެ ފެތުރިއްޖެއެވެ. މައްސަލައެއް ބެލޭނެ ގޮތެއް ނެތެވެ. މައްސަލައެއް ބަލަން އުޅެފިނަ އޭސީސީގެ މެންބަރުން ބަދަލުކޮށްލައެވެ. 3 މަސް ދުވަސް ތެރޭގައި ހާމަކުރާނެ ކަމަސްބުނި ބޮޑު ލިސްޓް، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަކުރަން ނުކެރި 3 އަހަރުވީއެވެ. 

ރައްޔިތުންނަށް ދަތިތަކާއި އުނދަގޫތަކެވެ. ޓެކްސް ނެގުން އިތުރުވަނީއެވެ. ސްޓިކާ ޖަހައިގެންނާއި ޖުރުމަނާކޮށްގެން ދައުލަތަށް ފައިސާހޯދުން އިތުރުވަނީއެވެ. ވައްކަންކުރުމަކީ ކުށެއް ނޫންކަމަސް ހަދަން ކުރާ މަސައްކަތުގެ ތެރެއިން 2 ލައްކަ ރުފިޔާގެ ވައްކަމެއް ކުރި މީހަކު 40،000 ރުފިޔާހމަނުވާ ޢަދަކުން ޖުރުމަނާކުރުމުން މައްސަލަ އެނިމުނީ އޭނާއަށް 160،000 ފައިދާވާ ގޮތަށެވެ. 

މިއީ ހަމަ ކޮންމެ މީހަކުވެސް މިއަދު ވިސްނައިލުން މުހިންމު ކަންކަމެވެ.

 

 

 

މިއަދު އޮންލައިން