30 އަހަރެއްހައި ދުވަސްފާއިތުވުމަށްފަހު އަލުން މެދުޒިޔާރަތުގައި ދިދަނަގަން ފެށުމުން ގިން ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޝުރުކުގެ ޢަމަލެއް އަލުންކުރަންފެށި ސަބަބާއިމެދުގައެވެ. އެގޮތުން އުފެދޭ ސުވާލުތަކުގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަން ވެއްޓުނީ މެދުޒިޔާރަތުގައި ދިދަނެގުން ހުއްޓާލީމާ ކަމަށް ނިންމެވީތޯ؟ އަދި މިސަރުކާރުން ދިދަނެގީ އެދިދަ މިވެރިކަން ދަމަހައްޓައިދޭނެކަމަށްތޯ؟ ފަދަ ސުވާލުތައް ހިމެނެއެވެ.
ޝިރުކުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނިދާނެ މިނުބައި ޢަމަލު ކުރަންފެށުމުން ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
"ވަޒީރުން ދިރިއުޅުއްވާ ގެކޮޅުތަކުގައި ދިދަ ނެގުމަކީ ޘަޤާފީ ކަމެއް. އެކަން ކޮށްގެންނެއް ދީނާއި ޚިލާފު ކަމަކަށް ނުވާނެ. ނަމަވެސް ޒިޔާރަތް ޒީނަތްތެރިކޮށް، އެތާ ދިދަ ޖަހާ ހެދީމާ ދީނީ ގޮތުން އެކަން މަނާކުރަންޖެހޭ
ގަބުރުމަތީގައި ޒިޔާރަތް ހަދާ، އެތަން ޒީނަތްތެރިކޮށް ހަދަނީ އެތަނަށް މީސްމީހުން ކަންކަމުގައި ގޮސް ނަދުރުބުނެ ހެދުމުގެ ބޭނުމުގައި. މިފަދަ ޢަމަލުތަކަކީ ﷲ އަށް ޝިރްކު ކުރުމުގެ ތެރެއަށް ވަންނަ ކަންކަން. ވީމާ، ދީނީ ކަމަކަށް ނުވެ ނުދާނެ.
"ތިމަންމެންގެ ކާބަފައިން މިކަން މިގޮތަށްކުރާތީ ދުށީމޭ، ވީމާ އެގޮތުގައި ތިމަންމެން ދެމިތިބޭނަމޭ". ކާބަފައިންގެ ތަރިކައިން ނަގަންވާނީ ރަގަޅު ކަންތައް، ނުރަގަޅު ކަންތަކެއް ނޫން.
ކާބަފައިން ކޮށްއުޅުނު ކޮންމެ ކަމެއް ޘަޤާފީކަމެއްގެ ގޮތުގައި ދިރުވަންވެއްޖެނަމަ ވަރަށް ނުރައްކާތެރި ކަންތަކެއް ފެތުރިދާނެ. މައްކާގެ މުޝްރިކުންގެ ގާތުގައި ﷲ އަށް އެކަނި އަޅުކަންކުރާށޭ، ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލާށޭ ބުނެވުމުން ޖަވާބަކަށްވީ..."
އެހެން އޮތްނަމަ އެކަންކުރެއްވީހީ ކީރިތި ރަސޫލާ. މައްކާ ފަތަޙަކުރެއްވި ދުވަހު ކަޢުބަތު ﷲ ގެފުޅުގެ އެތެރާއި ބޭރުގައި ހުރި 360 ބުދު ކާބަފައިންގެ ތަރިކައޭ ވިދާޅުވެ ނުބަހައްޓަވައި މުގުރާލެއްވި! މިއިން ފިލާވަޅު ހޯދާ!
ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެކުރަނީ ވ. ވެސް ނުބައި ކަމެއް! އެގޮތުން މެދުޒިޔާރަތުގައި ދިދަނެގުންފަދަ ޝިރުކަށް މަގުފަހިވާ ކަންކަމީ މުސްލިމުން ކުރުން ހުއްދަވެގެންވާނެ ކަމެއް ނޫން! ކާބަފައިންގެ ތަރިކަ ރައްކާތެރިކުރުމުގެ ނަމުގައި ދީން ހުއްދަ ނުކުރާ ކަމެއް ކުރުމެއް ނޯވޭ!
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިނިސްޓާއަށް! މިސްއަންޑަސްޓޭންޑިންއެއް އުޅޭކަމުގައި ގަބޫލުކުރެވޭ! ގަބުރުމަތީ ގޮތްގޮތް ހެދުމަކީ ދީނުގައި މަނާކަމެއް! ތިޔަކަން ކަމަނާގެ ހިތުގައި ދީނީކަމެއް ނޫންގޮތަށް އޮތަސް ދީނުގައި އެކަން މަނާވެފައިވަންޏާ އެވާނީ ދީނީ ކަމަކަށް. ދީނާ ޚިލާފު ސަގާފަތްތައް ދިރުވާ އާލާ ނުކުރަމާ!
- ޝައިޚް ޢަލީ ޒައިދު