މަސްތުވާ ތަކެތި ބޭނުންކުރުމާ ކުށްކުރުން ގިނަވަމުން އަންނައިރު ޢަރަބިއްޔާގެ ބޭނުން ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މަސްތުވާ ތަކެތި ބޭނުންކުރުމާ ކުށްކުރުން ގިނަވަމުން އަންނައިރު ޢަރަބިއްޔާގެ ބޭނުން ވަރަށް ބޮޑު!

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ކުށްކުރުން އިންތިހާއަށް އިތުރުވަމުން އަންނައިރު ޢަރަބިއްޔާ ސްކޫލްގެ ބޭނުން ވަރަށް ބޮޑެވެ. ޢަރަބި އިސްލާމީ ތަޢުލީމަށް ޑިމާންޑްވެސް އެބައޮތެވެ. ހުޅުމާލެއިންނާއި ވިލިމާލެއިން ބްރިޖްހުރަސްކޮށާއި ކަނޑުމަގުން ދަރިވަރުން ސްކޫލަށް އަންނަނީ ޑިމާންޑް އޮތުމުންނެވެ. ވީމާ މިއުޅެނީ ޑިމާންޑް ނެތުމުގެ މައްސަލައެއް ނޫނެވެ." 

ޓްވީޓްގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ. އެ ވިދާޅުވަނީ ވަރަށް ތެދު ޙަޤީޤަތެކެވެ. މަސްތުވާ ތަކެތި ބޭނުންކުރާކުދިންނާއި ކުށްކުރާ ކުދިން ގިނަވަމުން އަންނަކަން އެއީ ސަރުކާރަށް އެނގޭ ކަންކަމެވެ. އެކަންކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުގެ ނިޔަތެއް ނެތެވެ. ސަރުކާރުން ބޭނުމެއްވެސް ނުވެއެވެ. ބޭނުންވާނަމަ އެއީ އިޞްލާޙް ނުކުރެވޭނެ ކަމެއް ނޫނެވެ. 

"އެއިރެއްގައި އޮންނަ ސަރުކާރަކުން ކޮންމެ ގޮތަކަށް ވާހަކަދެއްކިނަމަވެސް ސަރުކާރުން ބޭނުންވަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމަށް ކަންބޮޑުނުވާނެ ޖީލެއް އުފެއްދުމެވެ. އެކަން އެންމެ ފަސޭހައިން ކާމިޔާބުކުރެވޭނީ މަސްތުވާތަކެތި ބޭނުންކުރާ ކުދިން ގިނަވުމުން ކަމަށްވާތީ ސަރުކާރުތކުން އެކަމަސް މަގުފަހިކޮށްދެނީއެވެ."

- ޤައުމާއިމެދު ވިސްނާ ރައްޔިތެއް

މިއަދު އޮންލައިން