ޑްރަގްގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރަން ކުރެވެމުން މިދަނީ ފޫނެތްފަޔަކަށް ފެންފުރުން ފަދަ ކަމެއްގެ ގޮތުގައި ޝައިޚް ޢަލީ ޒައިދު ސިފަކުރައްވައިފިއެވެ.
ޝައިޚް މިފަދަ ބަސްފުޅެއް ވިދާޅުވީ ޑްރަގް ވިއްކައި ފަތުރަން މަސައްކަތްކުރާ މީހުންގެ ތެރޭގައި ޑްރަގްގެ މައްސަލަތައް ބަލަހައްޓާ، ސްޓޮކް ބަލަހައްޓާ ފުލުހަކު ހިމެނިފައިވުމުން އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވައެވެ.
Drug bahan miulhenee Drug stock aa havaal vefa vaa Police nama, mee fooneh vayakah fen furumeh noonthoa?! Raajje gai Drug ge vabaa akee enme bodu vabaa! Eh faharuves gaaivejje nama ein salaamai vumakee undhagoo kameh! Ethere kuraa meehun engunas finayalheh neylhey! Dherakameh!
— Ali Zaid (@alizaid1000) November 13, 2022
ރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި ޑްރަގުގެ ވަބާ މިވަރަށް ފެތުރި ޢާންމުވެފައި އޮތުމުން ރައްޔިތުންގެ ގިނަ ބައަކު އަބަދުވެސް އަންނަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެކަން ހުއްޓުވުމުގެ އިޚްލާޞްތެރި ނިޔަތް ސަރުކާރުގައި އޮންނަނަމަ މިފެންވަރަށް ރާއްޖޭގައި ޑްރަގް ޢާންމުވެގެން ނުދާނެ ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ.
ފުލުހުންނާއި ސިފައިންގެ ތެރޭގައި ޑްރަގް ބޭނުންކުރާ ގިނަ ބައަކު އެބަތިބިކަމަށް ބައެއް އޮފިސަރުން ގެންދަވަނީ ތުހުމަތުކުރަމުންނެވެ. އެހެންކަމާއިއެކުވެސް އެކަންކަން ބަލަން ކުރެވޭ މަސައްކަތެއްގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ގުޅުންހުރި ޚަބަރު ފުލުހުންގެ މީޑިއާ ހޮޅުއަށިން:
Drug Enforcement in hingi operation eggai hayyaru kurumaa gulhigen fuluhaku vany vazeefaa in suspend koffai. Adhi eynaage machchah thuhumathu kurevey jinaaee massala aai idhaaree massala dhanee thahugeegu kuramum. Fuluhun hingaa operation thakugai emeehakee drug enforcement gai ulhey fuluheh namaves Ehves isthisnaa eh nethi emeehakaa dheythereyga fiyavalhu alhaane
Eyna akee Drug Enforcement ge belumuge dhashah genevey masthuvaathakethi balahattaa team gai himeney fuluheh namaves DE ge belumuge dhashah genevey masthuvaathakethi belehettumugai amalukuraa usoolu hamajehifai onna gothun, ethakethi nahama gothugai beynun kurumuge evves furusatheh e'fuluhah nuvatha ehenves fuluhakah noannaane kamuge yageenkan mi furusathugai aruvan.