ހުޅުމާލެ ދެވަނަ ފިޔަވަހީގަ 2 މިސްކިތް އެޅުމަށް ސަންފްރަންޓާ ވެލިގާ ހާޑްވެއާ އާއި ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގަ 2 މިސްކިތް އެޅުމަށް ސަންފްރަންޓާ ވެލިގާ ހާޑްވެއާ އާއި ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުމަށް ސަންފްރަންޓާއި އަދި ވެލިގާ ހާޑްވެއާއާއެކު އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަންފްރޮންޓުން ވަނީ މާލޭގައި މިސްކިތެއް އަޅައިފައެވެ. ކުރީގެ ފައިފުހޭ މިސްކިތް ހުރިތަނުގައި އައްޝައިޚް މުޙައްމަދު ޖަމީލް ދީދީގެ ނަންފުޅުގައި އަޅާފައިފައިވާ މިސްކިތަކީ މާލޭގައި އަޅާފައިވާ އެންމެ ފެންވަރު ރަނގަޅު އެއް މިސްކިތެވެ. މިސްކިތް އެޅުމަށްފަހު މިސްކިތުގެ ކަންކަން ބަލަހައްޓަނީވެސް ސަންފްރަންޓުންނެވެ. 

ސަންފްރަންޓުގެ ވެރިއެއް ކަމުގައިވާ "ޒުބައިރުބެ" ގެ ހުރިހާ ސަމާލުކަމެއް ދެމުންގެންދަނީ މިސްކިތް ބެލެހެއްޓުމަށްކަން ފާހަގަކުރެވެއެވެ. މިސްކިތްތައް އަޅައި މިފަދައިން ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް ﷲ ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން

ގުޅުންހުރި ޚަބަރު ވީނިޔުސްއިން: 

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝާދު އާދަމެވެ.

ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒް ކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެކެވެ.

22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެކެވެ.

މީގެއިތުރުން، މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކުށް ނަމާދު ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ، މި މިސްކިތުގައި ބޭނުންކުރެވޭ ގޮތަށް ހަދާއިރު މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް އަކީ މީގެ 33 އަހަރު ކުރިން ވިޔަފާރީގެ ދާއިރާއަށް ވަދެ ރައްޔިތުންގެ އިތުބާރާއި ލޯބި ހާސިލުކޮށްފައިވާ މަޝްހޫރު ކުންފުންޏެކެވެ. ފަތުރުވެރިކަމާއި ޑާހޯން ބައިސްކަލުން ފެށިގެން ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ސަންފްރަންޓުން ވަނީ މާލޭގައި ވަރަށް ފަހުންވެސް ހިތްގައިމު މިސްކިތެއް ބިނާކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ވެލިގާ ހާރޑްވެއަރއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި ވެލިގާ ހާރޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބޫބަކުރެވެ.

މި މިސްކަތަކީވެސް ވަރަށް ޒަމާނީ ރީތި ފަރުމާއެކެވެ. މިއީ، 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރެވޭ މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރެވޭނެއެވެ.

އަދި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް މި މިސްކިތުގައިވެސް ހަމަޖެހިފައިވެއެވެ. މީގެއިރުތުން، މި މިސްކިތުގެ އެތެރޭގައި އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން