ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗުން ތަފާތު ހަރަކާތްތަކެއް ބާއްވަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗުން ތަފާތު ހަރަކާތްތަކެއް ބާއްވަނީ

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.

އިންޓަރނޭޝަނަލް ޑައެބެޓީސް ފެޑަރޭޝަނުން މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޔާރުގެގޮތުގައި މިދިޔައަހަރެކޭވެސް އެއްފަދައިން ކަނޑައަޅާފައިވަނީ "ރައްކާތެރި މާދަމައަކަށް އުނގެނެމާ" އެވެ. މި ޝިއާރުގެ މަޤުސަދަކީ ހަކުރުބަލީގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ، ހަކުރުބަލިން ރައްކާތެރި ވެވޭނެ ގޮތްތަކާއި ހަކުރުބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރާނެ ގޮތްތަކާއި ބެހޭގޮތުން އާންމުންގެތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމެވެ. އަދި މިބަލި ދުރާލާ ދެނެގަނެ ހަށިގަނޑުގެ ދުޅަހެޔޮކަން ހެޔޮގޮތުގައި ބެލެހެއްޓުމަށް އަމަލުކުރެވިދާނެ ގޮތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރުންހިމެނެއެވެ.

މިދުވަސްފާހަގަ ކުރުމުގެ ގޮތުން 12 ނޮވެމްބަރުން 15 ނޮވެމްބަރު 2022 ގެ ނިޔަލަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހއ އަތޮޅަށް ދަތުރުކޮށް އަތޮޅު ހޮސްޕިޓަލާއި އެސްޓީއޯ މެޑިކަލް ސާރވިސަސް އަދި އައިޖީއެމްއެޗާއި ގުޅިގެން އެކި ހަރަކާތްތައް ރޭވިގެން ހިނގަމުންދެއެވެ. މިގޮތުން 12 ނޮވެމްބަރު 2022 ގައި ދުވުމަކާއި ކަސްރަތު ޕްރޮގްރާމެއް ވަނީ ހއ.ދިއްދޫގައި ކުރިއަށްގެންގޮސްފައެވެ.

އަދި މީގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ހަކުރުބައްޔަށް ޓެސްޓްކުރުންކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާއިރު މިދަތުރުގައި އައިޖީއެމްއެޗްގެ ޓީމް ހއ.ކެލައަށް މިމަހުގެ 15ވަނަ ދުވަހު ދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޓީމް އެނބުރިއައުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު 2022ގައެވެ.  

 

        ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައިވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދަރުމަވަންތަ ގްރައުންޑް ފްލޯރ އިން ހަކުރުބައްޔަށް ސްކްރީން ކުރުން 14 ނޮވެމްބަރު 2022 ގެ ހެނދުނު 8:00 އިން 16:00 އަށް ކުރިއަށްދާނެއެވެ. "ޑައިޓިޝަން ގާތުން އުނގެނެމާ" މި އިވެންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00އަށެވެ.

މިއަދު އޮންލައިން