އިންޑިއާގެ ކަނޑުފޭރޭ މީހުން ކުރިން ރަށްރަށަށް އަރާ ތަކެތި ފޭރޭހެން މަސްވެރިންގެ އެތިކޮޅު އަތުލައިގަންނަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިންޑިއާގެ ކަނޑުފޭރޭ މީހުން ކުރިން ރަށްރަށަށް އަރާ ތަކެތި ފޭރޭހެން މަސްވެރިންގެ އެތިކޮޅު އަތުލައިގަންނަން ފަށައިފި

ކުރީ ޒަމާނުގައި ރާއްޖޭގެ ރަށްރަށަށް އިންޑިއާގެ ކަނޑުފޭރޭ މީހުން އަރައި ރައްޔިތުންގެ މުދައުކޮޅު ފޭރޭ އުޞޫލުން މިއަދު ރާއްޖޭގެ މަސްވެރިންނާއިމެދު އިންޑިއާ ސިފައިން ޢަމަލުކުރާކަން މަހިބަދޫ ދާއިރާގެ މެންބަރު ޠޯރިޤް ފާހަގަކުރައްވައިފިއެވެ. 

އިންޑިއާ ސިފައިން ދިވެހި މަސްވެރިންނަށް ކަންކަން ކުރަމުންގެންދާއިރު އިންޑިއާގެ މަސްވެރި އެތައް އުޅަނދުތަކެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ކޮންމެ އަހަރަކުވެސް އަތުލައިގަނެވެއެވެ. އެމީހުންނާއިމެދު ދިވެހިސަރުކާރުން ކަންކަްނކުރަނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. 

ތިރިގައިވާ ޚަބަރު ވިދާޅުވެލައްވާށެވެ!

"އޮޅިގެން އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިޔާ ސިފައިން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ، މިދިޔަ ހަފްތާގެ ތެރޭގައި ހިނގި އެ ހާދިސާގައި އިންޑިޔާ ސިފައިން ކަންތައްކުރީ ވަރަށް ރަހުމު ކުޑަކޮށް ކަމަށެވެ.

އުފަން ރަށް، މަހިބަދޫ ހިމެނޭހެން، ތިން ރަށެއްގެ މަސްދޯންޏަށް ކުރިމަތިވި މި ހާދިސާގެ ހަބަރު ލިބުމާއެކު، މަސްދޯންޏަށް ގުޅައި، ކަންތައް ވީ ގޮތުގެ މައުލޫމާތު ހޯދި ކަމަށް ޓޮމް ވިިދާޅުވިއެވެ.

"އެއް ދޯންޏަށް އެރީ ރޭގަނޑު، އެ މަސްވެރިން ނިދާފަ ތިއްބަ. އަރާ، ފޭރޭ މީހުން ގޮތަށް، އެމީހުންނަށް [މަސްވެރިންނަށް] ބިރުދައްކާ، އެމީހުން ޑެކު މައްޗަށް ނެރި ހަތިޔާރުން ބިރުދައްކާ، އެ ދޯނީގަ ހުރި ބައެއް އެއްޗެހިވެސް ހިފައިގެން އެމީހުން [އިންޑިޔާ ސިފައިން] ދިޔައީ" ޓޮމް ވިދާޅުވިއެވެ.

އެރޭ ދެވަނަ ދޯންޏަށްވެސް އިންޑިޔާ ސިފައިން އެރި ކަމަށާއި، ތިންވަނަ ދޯންޏަށް އެރީ އަނެއް ދުވަހު ހެނދުނު ކަމަށް ޓޮމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އިންޑިޔާ މަސްވެރިންނާ ދޭތެރޭ ރާއްޖޭ ސިފައިން ކަންތައް ކުރަނީ އެގޮތަށް ނޫންކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ދޯނިތަކާމެދު އަމަލު ކުރިގޮތުން ޓޮމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ"

ޚަބަރު: މަސްވެރިން.އެމްވީ.

މިއަދު އޮންލައިން