"ވަގަށްނަގާފައިވާކަމަށް" އަރަބިއްޔާގެ ބެލެނިވެރިން ބުނާ ޕްރިންސިޕަލްގެ ބަދަލުގަ އެހެން މީހަކު ހަމަނުޖައްސަން ޓްރައިބިޔުނަލުން ވަޤުތީ އަމުރެއް ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
"ވަގަށްނަގާފައިވާކަމަށް" އަރަބިއްޔާގެ ބެލެނިވެރިން ބުނާ ޕްރިންސިޕަލްގެ ބަދަލުގަ އެހެން މީހަކު ހަމަނުޖައްސަން ޓްރައިބިޔުނަލުން ވަޤުތީ އަމުރެއް ނެރެފި

ތައުލީމީ ވުޒާރާގެ އަމުރަށް "ވަގަށްނަގާފައިވާ" ކަމަށް އަރަބިއްޔާ ސްކޫލްގެބެލެނިވެރިން ބުނާ އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ބަލައި ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލަ ޓްރައިބިޔުނަލް ހުށަހެޅުއްވީ ޝުޖާއުގެ ފަރާތުންނެވެ.  މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ބަލައި ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށެވެ. އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭން އެ މައްސަލާގައި އެދުނަސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ. 

ޓްރައިބިޔުނަލުން ސަބަބެއްކަމަށް ބުނެފައިވަނީ އެ ނުކުތާއާއިމެދު ގޮތް ނިންމޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށްވާތީ ކަމަށެވެ.

ޢަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ސުޖާޢު ގެއްލުވައިލުމަށްފަހު މިހާރު ލައިގެން އުޅޭ ވަޤުތީ ޕްރިންސިޕަލް ވަރަށް ޚުދުމުޚުތާރު ގޮތެއްގައި އެސްކޫލް ހިންގުން ހިސޯރުކޮށްގެން އުޅޭތީ ބެލެނިވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

"އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ނޮވެމްބަރ 7 ވީ ދުވަހު ސްކޫލް ގެ 2 ޕޭރެންޓް އަކާ މީޓް ކުރެއްވި ވާހަކަ މީގެ ކުރިން ވާނީ ގެނެސްދީފަ. އެދުވަހު 2 ގަޑިއިރުގެ މީޓިންގް އިން އެއްވެސް ކުރިއެރުމެއް ނުލިބި އެންމެ ފަހުން ނިންމާލަމުން މިނިސްޓަރ ވިދާޅުވީ އެ ހުރިހާ ވާހަކައެއް ޕޭރެންޓްސް އަށް ހިއްސާ ކޮށްދެއްވުމަށް. މިނިސްޓަރ އެދުވަހު ދެއްކެވި ވާހަކަފުޅުން އަރަބިއްޔާ އަށް އެއްވެސް ހެޔޮ މަގެއް ނުފެނުނު ކަމުގައި ވީ ނަމަވެސް، އެކަމަނާގެ ވާހަކަފުޅުތައް އަމާނާތްތެރިކަމާއެކު ޕޭރެންޓްސް އާ ހިއްސާ ކުރުމަށް މަސައްކަތް ކުރާތާ 2 ހަފްތާ ވާން ކައިރި ވެއްޖެ.

އެކަމަކު ސްކޫލް އަށް ލާފައި ހުރި ވަގުތީ ޕްރިންސިޕަލް ވަނީ ޕޭރެންޓްސް އާ މީޓް ކުރުމަށް ޕީޓީއޭ އިން ކުރަން ޖެހޭ އެއްވެސް ކަމަށް އެއްބާރުލުން ނުދީފަ. އަދި ޕީޓީއޭ އާއި އެކްސްކޯ ވެސް ވަނީ ހިސޯރު ކުރެވިފަ. ވައިބަރ ގްރޫޕްތައް ވެސް ލޮކް ކޮށްފަ. އެހެންކަމުން އެންމެ ފަހުން ޕޭރެންޓުން ވަނީ އަމިއްލަ އަށް ޗަންދާ ނަގައިގެން ގެއެއްގެ ޓެރެސްގަ މީޓިންގް އިންތިޒާމު ކޮށްފަ. ޕީޓީއޭ އާއި އެކްސްކޯ އާއި ސްކޫލް ބޯޑް މީޓިންގްތައް ބޭއްވުނަ ނުދީ އެ ހުރިހާ ގުނަވަނެއް ލޮކް ކުރުވައިގެން ޕޭރެންޓްސް ފަހަތަށް ޖެއްސުވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް. 800 ދަރިވަރުންގެ ޙައްޤުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ޕޭރެންޓްސް ކުރާނެ. ދާން ޖެހުނު ކޮންމެ ތަނަކަށް ދާނެ. އިން ޝާ ﷲ.

- ޢަރަބިއްޔާގެ ބެލެނިވެރިން 

 

މިއަދު އޮންލައިން