ޤަތަރުގަ ކުރިއަށް ވޯލްޑްކަޕަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ.!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޤަތަރުގަ ކުރިއަށް ވޯލްޑްކަޕަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ.!: ޑރ. ޝަހީމް

"ވޯލްޑް ކަޕް 2022 އަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ. ޤަޠަރަކީ މުސްލިމު ޤައުމަކަށް ވުމުން ޤަޠަރާ ދެކޮޅަށް ހުޅަނގުން ގެންގުޅެމުންދާ ނިފާޤު މުޅި ދުނިޔެއަށް ދަނީ ހާމަވަމުން. ޤަޠަރުގެ ވެރިންނާއި ރައްޔިތުންނަށް މާތް ﷲ ސާބިތުކަން މިންވަރުކުރައްވާށި. އާމިން." 

މިވާހަކަފުޅާއިއެކު ޑރ. ޝަހީމް ހާމަކުރައްވާފައިވަނީ އަލް ޙުޖްރާތް ސޫރަތުގެ 13 ވަނަ އާޔަތެވެ. 

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާ ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތޤައުމު ތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރު ވަންތަ ރަސްކަލާނގެއެވެ."

(އަލް ޙުޖްރާތް: 13) 

ޤަތަރުންވަނީ އެޤައުމަށް ﷲ ދެއްވެވި އުފާވެރިކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިފައެވެ. އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަމުން ގެންދަނީ ހުޅަނގަށް ބަލައިލުމެއް ނެތިއެވެ. ހުޅަނގުގެ އެދުންތައް ބޮލާޖަހަމުންނެވެ. 

ހުޅަނގުން ބޭނުންވި ގޮތަށް އެއްޖިންސުން ގުޅުންހިންގުން ޕަރަމޯޓްކުރުމުގެ ފުރުޞަތު ނުދިނުމުން އެނުބައި ނުލަފާ ޢަމަލު އިޝްތިހާރުކުރާ ބޭންޑް ނުއަޅަން އެކަމަށް މަސައްކަތްކުރި ހުޅަނގުގެ ޤައުމުތަކުން މިހާރުވަނީ ނިންމައިފައެވެ. ހަމައެއާއިއެކު ހުޅަނގުން އެވަރަށް ބާރުއެޅުމުންވެސް ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކާ ތަންތަން ހެދުމަށް ޤަތަރު ވަނީ ފައުޅުގައި ދެކޮޅު ހަދައިފައެވެ. 

ޤަތަރުން މިފަދަ ފިޔަވަޅުތަކެއް އެޅީ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް މުބާރާތަށްޓަކައި އިންވެސްޓްކުރުމަށްފަހުގައެވެ. ލިބިދާނެ މާލީ ގެއްލުމަކަށް ބިރެއް ނެތިއެވެ. 

ހަމަ އެއާއިއެކު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ކިޔެވުމާއި މުބާރާތް ކުރިއަށް ގެންދާއިރު އިސްލާމް ދީން މަތިވެރިކުރަން ކުރަމުން އަންނަ މަސައްކަތްތައް ފެނިފައި ހުޅަނގުގެ ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް މޭކަރައިފައެވެ. މާޔޫސްވެފައެވެ! އެއީ އެމީހުންނަށް ނުގުޑާނެ މުސްލިމް ވެރިންވެސް އެބަތިބިކަން ދުނިޔެއަށް ދައްކައިދިނުމުންނެވެ. 

މިއަދު އޮންލައިން