ސަމަރުބުލޫ އިބްރާހީމް މަނިކު އެންމެފަހުން އަޅުގަނޑަށް ގުޅުއްވީ ހިންގަވާ ރޭޑިއޯ ޗެނެލަކަށް މިއަދުނޫހުން ދީނީ މައުލޫމާތު ބޭނުންކުރައްވަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަމަރުބުލޫ އިބްރާހީމް މަނިކު އެންމެފަހުން އަޅުގަނޑަށް ގުޅުއްވީ ހިންގަވާ ރޭޑިއޯ ޗެނެލަކަށް މިއަދުނޫހުން ދީނީ މައުލޫމާތު ބޭނުންކުރައްވަން-

ދައުލަތުގެ ރޭޑިއޯ އަދި ޓީވީއަށް ދިގުމުއްދަތެއްވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު އެންމެފަހުން އަޅުގަނޑަށް ގުޅުއްވީވެސް އަމިއްލަފުޅަށް ހިންގަވާ ރޭޑިއޯ ޗެނެލަކަށް މިއަދުނޫހުގައި ޝާއިޢުކުރާ ދިނީ މައުލޫމާތު ބޭނުންކުރައްވަންވެގެންނެވެ. 

އިބްރާހީމް މަނިކު ވިދާޅުވީ ބޭނުންފުޅުވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރައްވަން ކަމަށެވެ. އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ޢާންމުކުރައްވައި ރައްޔިތުންނަށް ފޯރުކޮށްދެއްވަން ކަމަށެވެ. އަދި އެކަމަށް އެއިރުވެސް ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. 

މިއަދުނޫހުން ވާނީ އިބްރާހީމް މަނިކު އެދިލެއްވި ގޮތަށް ހުއްދަދީފައެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރެވޭ ކޮންމެ މަސައްކަތަކަށް މިއަދުނޫހުން މަރުޙަބާ ކިޔާނަމެވެ. އިން ޝާ ﷲ 

އެއްވެސް ޝައްކެއް ނެތި އެނގެން އޮތް ގޮތުގައި މީހާގެ ޢަމަލުތައް ﷲ ބައްލަވައިވޮޑިގަންނަވާނީ އެމީހާ އެންމެފަހުން ކުރި ޢަމަލުތަކުގެ މައްޗަށެވެ. ވީމާ އިބްރާހީމް މަނިކު ދުނިޔެ ދޫކުރެއްވީ އިސްލާމް ދީނަށް ނަޞްރުދެއްވަން މަސައްކަތްކުރާ މީހެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ. 

އެހެންކަމަށްވާއިރު ކުރިން ސަރުކާރުގެ ވަޒީފާގައި ހުންނެވިއިރު ސަރުކާރުން ބޭނުންވާ ގޮތަށް ކަމެއް ކުރެއްވިފައި އޮތްނަމަވެސް އެކަންކަމުގެ ވާހަކަދައްކައި ހެދުމަކީ އޮތްކަމެއް ނޫންކަން ފާހަގަކުރެވެއެވެ. ހަމައެއާއިއެކު މީހަކު ދުނިޔެ ދޫކުރުމުން ދައްކަން އޮތީ އެމީހަކު ކުރި ހެޔޮ ޢަމަލުތަކުގެ ވާހަކައެވެ. ޚާއްޞަކޮށް އެމީހަކު އެންމެފަހުން އުޅެމުން އައި ގޮތުގެ ވާހަކަކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.  

ދީނީ ޢިލްމުވެރިއެއް ވިދާޅުވާ ރާއްޖޭގެ "ބޮޑު" ޢިލްމުވެރިއަކަށް މިކަންކަން މިނޫން ގޮތަކަށް ޤަބޫލުފުޅު ކުރެއްވޭކަން އެބޭފުޅާ ކުރައްވާ ޓްވީޓްތަކުން ހާމަވާތީ ހިތާމަކުރަންޖެހޭކަން ވަރަށް ހިތާމައާއިއެކު ފާހަގަކުރަމެވެ. 

މިއަދު އޮންލައިން