ނޮޅިވަރަންގަ ނިޔާވެފަ އޮއްވާ ފެނުނު ނިޝާމާގެ ފިރިމީހާ، އަބޫބަކުރު ފައިޞަލް ހައްޔަރުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 54ސ
ނޮޅިވަރަންގަ ނިޔާވެފަ އޮއްވާ ފެނުނު ނިޝާމާގެ ފިރިމީހާ، އަބޫބަކުރު ފައިޞަލް ހައްޔަރުކޮށްފި

މިއަދު ހަދ ނޮޅިވަރަންގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ހިތަސް ފިނިވާގޭ ނިޝާމާ މުޙައްމަދުގެ (28އ) ގެ ފިރިމީހާ، އދ ފެންފުށި، ރޯޒީ ވިލާ އަބޫބަކުރު ފައިޞަލް (32އ) ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނެފައިވަނީ ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާ ކަމަށާއި މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓޮމް ހެދުމަށް ތަޙްޤީޤް ޓީމުން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުންގެ ބަސް: 

HDh. Nolhivaram, Hithahfinivaage, Nishaama Mohamed (28y) ge hashigan'du mihaaru vanee HDh. Kulhudhuffuttah gengosfa. Adhi hashigandu Male genaumah kuranjehey masakkaiy fuluhun dhanee kuramum.

Mi massala aa gulhigen ADh. Fenfushi, Rosy Villa, Aboobakuru Faisal (32y) court amuregge dhashun mirey vanee hayyaru koffa. 

Mi massala fuluhun dhanee thahuqeeq kuramum. Adhi, Nishaama Mohamed ge hashigan'du ge postmortem hedhumah thahuqeeq team in vanee ninmaafa.

މިއަދު އޮންލައިން