"މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ@OfficialIIUM ގެ އެލަމްނައި ލީޑަރޝިޕް އެވޯޑް (އެލަމްނައި ޓޯކޯ އެވޯޑް 2021)، ޔުނިވަރސިޓީ އިން އަޅުގަނޑަށް އެރުވުމަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު ވަރަށް ވެސް ބޮޑު އުފަލެކެވެ. މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ."
މި އެވޯޑް ދެއްވާފައިވަނީ މިއަދު (އިއްޔެ) ހެނދު މެލޭޝިޔާގެ އައިޔޫއެމްގައި މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. ޒުލްކިފްލު ޢަބްދު ﷲ އެވެ. މި އުފާވެރިކަމުގައި އަޅުގަނޑުގެ މަންމައާއި ބައްޕައާއި އަންހެނުން ޢާފިޔާއި ދަރިންނާއި، ކޮއްކޮމެންނާއި ބޭބެމެންނާއި ކިޔެވުމަށް އެހީވި އެންމެހާ ފަރާތްތަކާއި އަޅުގަނޑަށް އަބަދުވެސް ހެޔޮދުޢާކޮށްދެއްވާ އެންމެހާ ފަރާތްތަކާއި އެކުވެރިން ބައިވެރިކުރަމެވެ."
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ @OfficialIIUM ގެ އެލަމްނައި ލީޑަރޝިޕް އެވޯޑް (އެލަމްނައި ޓޯކޯ އެވޯޑް 2021)، ޔުނިވަރސިޓީ އިން އަޅުގަނޑަށް އެރުވުމަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު ވަރަށް ވެސް ބޮޑު އުފަލެކެވެ. މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. pic.twitter.com/t3Q8CF8hiQ
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 15, 2022