ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ކިޔެވުމުގެ ޚަރަދު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރިޔާސީ ވައުދެއް ކަމަށްވާ ކޮންމެ ދިވެއްސަކަށް ވެސް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ތިބެގެން ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދޭން ފެށުމާޢި އެ ކަމަށް 50 މިލިއަން ރުފިޔާ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކޮށް 29 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޑިގްރީ ފެންވަރަށް ކޮންމެ ދިވެއްސަކަށް ވެސް ސަރުކާރުން ހިލޭ ކިޔަވައިދޭނެކަމަށްވިދާޅުވެފައި ވެއެވެ. އަދި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯޑިން ސްކޫލްތަކާއި ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެފައެވެ.