އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ މެމްބަރުންނަށް ދައުވަތު ދިނުމަށް ހުރަސްތަކެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ މެމްބަރުންނަށް ދައުވަތު ދިނުމަށް ހުރަސްތަކެއް!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަސްމިއްޔާތަށް ކުރީގެ މެމްބަރުންނަށް ދައުވަތު ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް މަައުލޫމާތުލިބިއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު ދޭން ނިންމާފައި ވިޔަސް އެ ބޭފުޅުންގެ އެޑްރެސް އަދި ފޯނު ނަމްބަރު މަޖިލީހުގެ އިދާރާއަށް ނޭނގޭތީ ދައުވަތު ކާޑު ހަވާލު ނުކުރެވި ވާއިރު މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިހާތަނަށް ދައުވަތު ކާޑު ލިބިވަޑައިނުގަންނަވާ ނަމަ، މަޖިލީުގެ އިދާރާއަށް ވަޑައިގަތުމުން އެކަން ހަމަޖެހޭނެކަމަށް އިންތިޒާމްކުރާ ކޮމެޓީން ވަނީ ބުނެފައެވެ.

 

އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދޭން ރައްޔިތުންގެ މަޖިލީހުން މިފަހަރު ނިންމާފައިވަނީ މަޖިލީހުގެ މެމްބަރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނާއި ކުރީގެ ރައީސުންނާއި ވަޒީރުކަން ކުރެއްވި ހުރިހާ ބޭފުޅުންނާއި ދައުލަތުން އެކި ފެންވަރުގެ ލަގަބު އަރުވާފައިވާ ބޭފުޅުންނާއި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ އިސްބޭފުޅުންނަށެވެ.

 

 

 

މިއަދު އޮންލައިން