ސްކޫލްތަކުގެ ދަރިވަރުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް އައި.ޖީ.އެމް.އެޗުން ކުރިއަށް ގެންދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ސްކޫލްތަކުގެ ދަރިވަރުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް އައި.ޖީ.އެމް.އެޗުން ކުރިއަށް ގެންދަނީ

އަައި.ޖީ.އެމް ހޮސްޕިޓަލާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން މާލެ ސިޓީ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރައިމަރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމް ތަކެއްދަނީ ކުރިއަށްގެންދަމުންދާކަމަށް އަައި.ޖީ.އެމް ހޮސްޕިޓަލުން ބުނެފިއެވެ.

މި ހަރަކާތުގައި އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން އަދި އިންޓަރންސް އިން ބައިވެރިވެއެވެ.

އަައި.ޖީ.އެމް.އެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ އިސްނެންގެވުމުގެ މަތިން މި ހަރަކާތް ފެށިފައިވަނީ 22 ފެބްރުއަރީ 2023ގައެވެ. އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގްރޭޑް 1 އިން 98 ދަރިވަރުން، ގްރޭޑް 4 އިން 95 ދަރިވަރުން އަދި ގްރޭޑް 7 އިން 34 ދަރިވަރުން ވަނީ މި ސްކްރީނިންގ ފުރިހަމަކޮށްފައެވެ.  

މި ޕްރޮގްރާމް ހެޑްކުރައްވާ، އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ އިސް ޑޮކްޓަރ، ޑރ. އަޙުމަދު ފައިސަލް ވިދާޅުވި ގޮތުގައި މި ސްކްރީނިންގ ގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުމެވެ.

"މި ކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް އެހީއަކަށް ވެގެން ދާނެ" ޑރ. ފައިސަލް.

މިހާރުވެސް ހެލްތް ސްކްރީނިންގ ޕްރޮގްރާމް ކަލާފާނު ސުކޫލުގައި ދަނީ ކުރިޔަށް ދަމުންނެވެ. އަދި މީގެ އިތުރުން އަދިވެސް މާލެ ސިޓީ ސަރަހައްދުގެ ގިނަ ސްކޫލްތަކުގައި މިހަރަކާތް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައިއެވެ.

އައި.ޖީ.އެމް. ހޮސްޕިޓަލުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއި އެކު ވަރަށް ފުޅާ ދާއިރާއެއްގައި ބޭސްފަރުވާއާއި ސިއްޙީ ޙިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުންނެވެ. މި ގޮތުން، ހެލްތް ސްކްރީން ކުރުމާއި، ސަރޖަރީއާއި، ސްޕެޝަލިސްޓް އޯޕީޑީ، އަދި މި ނޫންވެސް ތަފާތު ގިނަ ސިއްޙީ ޙިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. 

މިއަދު އޮންލައިން