ރަމަޟާން މަހު ޖަމާޢަތަށް ނަމާދަށް އަރާމީހުންގެ ވެހިކަލްތަކުގަ ސްޓިކާ ޖަހައި ޖުރުމަނާ ނުކުރަން މޭޔަރ. ޑރ. މުޢިއްޒު އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ރަމަޟާން މަހު ޖަމާޢަތަށް ނަމާދަށް އަރާމީހުންގެ ވެހިކަލްތަކުގަ ސްޓިކާ ޖަހައި ޖުރުމަނާ ނުކުރަން މޭޔަރ. ޑރ. މުޢިއްޒު އިލްތިމާސްކުރައްވައިފި

"ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން! މިގޮތަށް މިކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން!"

- މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ގިނައިން މީހުން ނަމާދަށް އަރާ ބައެއް މިސްކިތްތައް ހުރީ ބޮޑެތި މަގުތަކުގައެވެ. ގެނައި މިނީބަސްތައް "ކުޑަކަމުން" ދުއްވާނެ ބޮޑުޖާގަ ބޭނުންވާތީވެސް ބޮޑެތި މަގުތަކުގައި ވަނީ ޕާކުނުކުރެވޭނެ ގޮތް ހަދައިފައެވެ. އެހެންކަމުން ދަތުރެއްގައި އުޅެނިކޮށް ބަންގިގޮވައިފިނަމަ ޖަމާޢަތަށް ނަމާދަށް އެރުން ވަނީ ވަރަށް ބޮޑަށް ދަތިވާ ކަމަކަށްވެފައެވެ. 

މާލޭގައި ހުރި އެންމެ ބޮޑެތި ބައެއް މިސްކިތްތަކުގެ ޖަމާޢަތަށް ނަމާދަށް އެރުންވެ ދަތިކަމަކަށްވެފައިވަނީ ނަމާދަށް އަރާއިރަށް ވެހިކަލްތަކުގައި ސްޓިކާޖަހާތީކަން ފާހަގަކޮށް ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އަންނަ ވަޤުތެއްގައި މޭޔަރ މިފަދަ އިލްތިމާސެއް ކުރެވިކަންވެސް އެއީ މޭޔަރަށް ޝުކުރުވެރިވާންޖެހޭ ކަމެކެވެ. 

މާލެސިޓީގައި އެއްގަމު އުޅަނދު ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްނެތި ޕާކިން މައްސަލައިގައި ކޮށްފައިވާ އެންމެންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ވެސް މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން